ފަޅުތަކާއި ރަށްތައް ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާންމުކޮށްފި

ފަތުރުވެރިކަމަށްޓަކައި ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި އެ ހަވާލު ކުރި ފަރާތްތަކުގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީ އިން ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ ދެފުށް ފެންނަ ގޮތަކަށް އާންމުންނަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށާއި އެގޮތުން ފަތުރުވެރިކަމަށްޓަކައި ތަރައްގީ ކުރުމަށް އެގްރީމަންޓު ކުރެވި މަސައްކަތް ކުރަމުންދާ ރަށްތަކާއި ބިންތަކާއި ފަޅުތަކުގެ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ 2016 އިން ފެށިގެން އެފަދަ ހުރިހާ މުއާމަލާތެއް ހިނގާފައި ހުރި ކުންފުނިތަކާއި އެ ފަރާތްތަކަށް ދީފައިވާ ފަޅުތަކާއި ރަށްތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ. އެގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ހަވާލު ކުރި 133 އެއްބަސްވުމެއްގެ މައުލޫމާތު އެ ލިސްޓުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން ހޮޓަލާއި ގެސްޓު ހައުސް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ 17 އެއްބަސްވުމެއްގެ މައުލޫމާތު ވެސް އޭގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ