ކިމް ކާޑިޝަންއަށް މިފަހަރު ލިބެނީ ފިރިހެން ދަރިއެއް

ކިމް ކާޑިޝަން އާއި ކޭން ވެސްޓްއަށް ދަރިއަކު ލިބެނީ ކަމަށާއި މިފަަހަރު ލިބެނީ ފިރިހެން ކުއްޖެއް ކަމަށް ކިމް ބުނެފިއެވެ.
ވޮޗް ވަޓް ހެޕަންސް ލައިވް ޓީވީ ޕްރޮގްރާމުގައި ދިން އިންޓަވިއުއެއްގައި ކިމް ބުނި ގޮތުގައި ހަތަރު ވަނަ ދަރި ވެސް ހޯދަނީ ސަރޮގޭޓްކޮށް ކަމަށެވެ. އަދި ވަރަށް އަވަހަށް ވިހާނެ ކަމަށްވެސް ކިމް ވަނީ ޔަގީންކޮށްދީފައެވެ.
ކިމް އަދި ކޭންއަށް ވަނީ ކުރިން ތިން ކުދިން ލިބިފައެވެ. އޭގެ ތެރެއިން ފުރަތަމަ ދެކުދިންނަކީ ނޯމަލް ޑެލިވަރީކޮށް ކިމް އަމިއްލަ އަށް ވިހާފައިވާ ދެކުދިންނެވެ. ފުރަތަމަ ދެ ދަރިން ވިހެއުމުގައިވެސް ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތަކެއް ދިމާވުމާ ގުޅިގެން ކިމްއަށް ވަނީ ނުވިހުމަށް ޑޮކްޓަރުން ލަފާދީފައެވެ. އެހެން ކަމުން ތިން ވަނަ ދަރި އެދެމަފިރިން ހޯދީ ސަރޮގޭޓްކޮށެވެ.
ފުރަތަމަ ދަރި ނޯތްއަށް މިހާރު ފަސް އަހަރުވެފައިވާއިރު ދެވަނަ ދަރި ސެއިންޓްއަށް ވަނީ ތިން އަހަރުވެފައެވެ. ތިން ވަނަ ދަރިއަކީ ޗިކާގޯ އެވެ. ޗިކާގޯ އުފަންވެފައިވަނީ 2018 ޖެނުއަރީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ