ރައީސް ޔާމީން ގެއަށް ބަދަލުކުރަން މުހުލަތެއް ދިނުމަށްފަހު، އިދިކޮޅުން މިރޭ ބޭއްވި އެއްވުން ނިންމާލައިފި

މާދަމާ ރޭ އިރުއޮއްސި ހައެއް ޖެހުމުގެ ނިޔަލަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލުނުކޮށްފިނަމަ، އިހްތިޖާޖު ކުރަން ނުކުންނާނެކަން އިއުލާނު ކުރުމަށްފަހު، ޕްރޮޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި އިހުތުޖާޖު ނިންމާލައިފިއެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މިރޭ ބޭއްވި ސުލްހަވެރި އެއްވުން ނިންމާލީ ފުލުހުން ހުރަސް އެޅުމުން، އެއްވެސް ވަރަކަށް އިހްތިޖާޖު ކުރިއަށް ނުގެންދެވިގެންނެވެ.
މިރޭގެ ހަރަކާތާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިދިކޮޅުގެ ހަރަކާތް ކޮމެޓީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ، މިރޭގެ މުޒާހަރާއާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އިިދިކޮޅުގެ ހަރަކާތް ކޮމެޓީގެ މެންބަރުން ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަަމަށެވެ.
ކޮވިޑް-19އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި، އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރާ ޤާނޫނު އަދިވެސް އުވާލާފައި ނުވާތީ، މިރޭ އެއްނުވެވޭނެކަން ފުލުހުން އެންގިކަންވެސް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުން ހުރަސް އެޅިޔަސް އިދިިކޮޅުގެ އެއްވުން ކުރިއަށް ގެންދާނެ ކަމަށާއި ރައީސް ޔަމީން ގެއަށް ބަދަލު ކުރަންދެން، މެދުކެނޑުމެއްނެތި މުޒާހަރާ ކުރާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މިރޭ މަގުމައްޗަށް ނުކުމެފައިވާއިރު، ރަމަޟާންމަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ސިޓީއެއް ފޮނުއްވައިފައެވެ.
ރަމަޟާންމަހުގެ އެއް ހަފުތާ ނިމިގެން ދިޔައިރުވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދީފައި ނުވުމަކީ އިދިކޮޅުގެ ކަންބޮޑުވުމެކެވެ. 
ފޮަޓޯ؛ އާފަތިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ