އިންތިހާބީ މަރުކަޒަށް ނަޝީދު ވަޑައިގަތުމުން ހޫނުވެއްޖެ

ބާ ޖަމާލުއްދީނުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަނިކޮށް، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި ތިބި މީހުން ހިތްހަމަނުޖެހި އިހުތިޖާޖު ކުރަން ފަށައިިފި އެވެ. ނަތީޖާ ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން އޮތީ ނިންމާފަ އެވެ. އެކަން ކުރަން ހަމަޖެހިފައި އޮތީ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުގެ ރި ރެޖިސްޓްރީ ހޯލުގަ އެވެ. އަލުން ވޯޓުފޮށިތައް ގުނާތީ އިންތިހާބީ މަރުކަޒަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުން އެއްވެ ތިއްބާ އެ ސަރަހައްދަށް ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދު ވަނީ ހޫނުވެފަ އެވެ. އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރަން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ