ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިރޭ އިރާކޮޅު އޭޑީކޭ ހޮސްޕިޓަލުން ނެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ކަރެކްޝަން އިން ވެސް ރައީސް ޔާމިން ވެކްސިން ޖެއްސެވި ކަމަށް މައުލޫމާތު ދެއެވެ. ނަމަވެސް ރައީސް ޔާމީން ޖެއްސެވީ ކޮން ވެކްސިނެއް ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެސް ރައީސް ޔާމީން މާލެ ގެނައެވެ. ނަމަވެސް ވެކްސިން ޖައްސަވަން އެރޭ އެމަނިކުފާނު ދެކޮޅު ހެއްދެވި ކަމަށް ކަރެކްޝަނުން ބުންޏެވެ. ނަމަވެސް އިދިކޮޅުން ބުނީ އެކަމުގައި ކަރެކްޝަނުން ހެދީ ދޮގު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ