ވޯލްޑް ކަޕް: އައިވަރީ ކޯސްޓް 3- 1 އިން ބަލިކޮށް ބްރެޒިލް ދެ ވަނަ ބުރު ޔަގީންކޮށްފި

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ބްރެޒިލް އާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗު 3- 1 އިން ކާމިޔާބުކޮށް ދެ ވަނަ ބުރުން ބްރެޒިލް ޖާގަ ކަށަވަރުކޮށްފި އެވެ. ބްރެޒިލް އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު ކުރިއަށް އޮތީ ޕޯޗުގަލްގެ މެޗެވެ. ޕޯޗުގަލް މާދަމާ ނުކުންނަނީ އުތުރު ކޮރެއާއާ ދެކޮޅަށެވެ. މިހާތަނަށް ޕޯޗުގަލް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެއް ކަމުން ބާކީ ދެ މެޗުން އެ ޓީމަށް އެންމެ ގިނަ ވެގެން ހޯދެން އޮތީ ހަތް ޕޮއިންޓެވެ. އައިވަރީ ކޯސްޓަށް ބާކީ އެންމެ މެޗެއް އޮތުމުން އެ ޓީމަށް ހޯދެން އޮތީ ހަތަރު ޕޮއިންޓެވެ. އުތުރު ކޮރެއާ އަށް ދެ މެޗު ބާކީ އޮތުމުން ހަތް ޕޮއިންޓް ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެ ޓީމަށް މި އަދަދަށް ޕޮއިންޓް ލިބިއްޖެ ނަމަ ޕޯޗުގަލް އަށް ދެ ވަނަ ބުރުން ފުރުސަތު ގެއްލޭނެތީ ބްރެޒިލް އަށް ބާކީ އެއް މެޗު އޮއްވައި ދެ ވަނަ ބުރުން ވަނީ ޖާގަ ލިބިފަ އެވެ. މި މުބާރާތުގައި މިހާތަނަށް ބްރެޒިލްގެ އިތުރުން ދެ ވަނަ ބުރުން ޖާގަ ކަށަވަރުވެފައިވާ ހަމައެކަނި ޓީމަކީ ހޮލެންޑެވެ.
ޕޯޗުގަލްއާ ކުރިމަތިލާ އިރު ބްރެޒިލް އަށް ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކަށްވާނީ ރަތް ކާޑުގެ ސަބަބުން ކަކާ އަށް ނުކުޅެވުމެވެ. އަދި އެލާނޯ އަށް މިރޭ ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ކުޅެވިދާނެތޯ ކޮމެންޓޭޓަރުން ވަނީ ސުވާލު އުފައްދައިފަ އެވެ. މެޗަށް ބަލާއިރު ބްރެޒިލް ވަނީ 56 ޕަސެންޓް ކޮންޓްރޯލްކޮށްފަ އެވެ. ބްރެޒިލް 12 ހަމަލާއެއް އުފައްދާފައިވާ އިރު ހަ ހަމަލާއެއް ގޯލަށް އަމާޒުކޮށްފައިވެ އެވެ. މީގެ ތެރެއިން ތިން ހަމަލާއެއް ވަނީ ގޯލަށް ވަދެފަ އެވެ. އައިވަރީ ކޯސްޓުން 10 ހަމަލާއެއް އުފެއްދި އިރު ހަތަރު ހަމަލާއެއް ގޯލަށް އަމާޒުވެފައި ވެ އެވެ.
16: 01 ކުޅުމުން ބޭރުގައި އައިވަރީ ކޯސްޓްގެ ކެއިޓާ އަށް ހަމަލާ ދިނުމުން ބްރެޒިލްގެ ކަކާ އަށް ދެއްކި ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފި. ކަކާ އަށް ފުރަތަމަ ރީނދޫ ކާޑު ވެސް ދެއްކީ ކުޅުމުން ބޭރުގައި އައިވަރީ ކޯސްޓްގެ ކުޅުންތެރިންނާ ކުރިމަތިލުމުން.
8: 01 އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ ލަނޑު ޖަހައި އެ ޓީމުގެ އުންމީދު އާކޮށްދީފި. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 45 ވަނަ ލަނޑު
56: 00 ދެ ވަނަ ހާފުގެ 25 މިނިޓުގެ ކުޅުން ނިމުނު އިރު ބްރެޒިލް އިން ތިން ލަނޑުގެ ލީޑެއް ވަނީ ނަގާފައި. ދެ ޓީމުން ވެސް ވަނީ ބަދަލުތަކެއް ގެނެސްފައި. ބްރެޒިލުން އެލާނޯގެ ބަދަލުގައި ޑެނިއެލް އަލްވެސް ކުޅެން ނެރުނު އިރު އައިވަރީ ކޯސްޓުން ވަނީ ކަލޫގެ ބަދަލުގައި ކެއިޓާ ކުޅެން ނެރެފައި. އަދި އޭގެ ކުރިން ޑިންޑާނޭގެ ބަދަލުގައި ޖަވީނިއޯ ވަނީ ކުޅެން ނެރެފައި.
50: 00 ދެ ވަނަ ހާފުގެ 16 ވަނަ މިނިޓުގައި ކަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެލާނޯ ލަނޑު ޖަހައި ބްރެޒިލް އަށް ޔަގީންކަން ބޮޑުކޮށްދީފި
39: 00 ލުއިސް ފަބިއާނޯ އަނެއްކާ ވެސް ލަނޑެއް ޖަހައި ބްރެޒިލްގެ ލީޑު ފުޅާކޮށްދީފި
34: 00 ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ކުރިއަށް
20: 00 ގްރޫޕް ޖީގައި ބްރެޒިލް އާއި އައިވަރީ ކޯސްޓް މިހާރު ކުޅެމުންދާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 1- 0 އިން ލީޑު ކުރަމުން އަންނަނީ ބްރެޒިލް އެވެ. މި މެޗުގެ މިހާތަނަށް ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދައްކާފައި ވެ އެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައި ވަނީ ބްރެޒިލް އެވެ. ބްރެޒިލްގެ ބޯލް ޕޮޒިޝަނަކީ 54 ޕަސެންޓެވެ. ދެ ޓީމުން ވެސް ހަތަރު ހަމަލާ އުފައްދާފައިވާ އިރު މިހާތަނަށް ގޯލަށް އަމާޒުވީ އެންމެ ހަމަލާއެކެވެ.
57: 23 މެޗުގެ 25 މިނިޓުގައި ކަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިސް ފަބިއާނޯ ލަނޑު ޖަހައި ބްރެޒިލް އަށް ލީޑު ނަގައިދީފި
36: 23 ބްރެޒިލް އާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިގެން ކުރިއަށް.
ގްރޫޕް ޖީގައި މިހާތަނަށް ބްރެޒިލް ވަނީ 2- 1 އިން އުތުރު ކޮރެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި ގްރޫޕްގައި އައިވަރީ ކޯސްޓާއި ޕޯޗުގަލް ބައްދަލުކުރި މެޗު ނިމުނީ 1- 1 އިންނެވެ. މިއީ ވޯލްޑް ކަޕްގައި ބްރެޒިލް އާއި އައިވަރީ ކޯސްޓް ވާދަކުރާ ފުރަތަމަ މެޗެވެ. މިހާތަނަށް ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމަކާ ދެކޮޅަށް ކުޅެ ބްރެޒިލް ކޮޅަށް ލަނޑެއް ވެދެފައެއް ނުވެ އެވެ. އަނެއްކޮޅުން ދެކުނު އެފްރިކާގެ ފަސްގަނޑުގައި މިހާތަނަށް ބްރެޒިލް ކުޅުނު އަށް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.
ބްރެޒިލްގެ ފުރަތަމަ 11
1 ހޫލިއޯ ސެޒާ (ގޯލްކީޕަރު)
2 މައިކޮން
3 ލޫސިއޯ (ކެޕްޓަން)
4 ޖުއާން
5 ފެލިއްޕެ މެލޯ
6 ބަސްޓޯސް
7 އެލާނޯ
8 ޖިލްބާޓޯ ސިލްވާ
9 ފަބިއާނޯ
10 ކަކާ
11 ރޮބީނޮއޯ
އައިވަރީ ކޯސްޓްގެ ފުރަތަމަ 11
1 ބެރީ (ގޯލްކީޕަރު)
4 ކޮލޯ ޓޯރޭ
5 ޒޮކޯރާ
8 ކަލޫ
9 ޓިއޯޓޭ
11 ޑްރޮގްބާ (ކެޕްޓަން)
15 ޑިންޑާނޭ
17 ޓިއޭނީ
19 ޔާޔާ ޓޯރޭ
20 ޑިމޭލް
21 އެބުއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ