ބޮޑު މޮހޮރާ ފަޅުގައި ރަށެއް ތަރައްގީކުރުން: ބަޖެޓްގައި ފައިސާ ނެތުމުން، ހިއްކާ ސަރަހައްދުން ބަޔަކާ އެކު ތިން ރިސޯޓް ތަރައްގީކުރަން ފުރު

ވ. ބޮޑުމޮހޮރާ ފަރުގައި ރަށެއް ތަރައްގީކުރާނެ ފައިސާ ސަރުކާރުގެ ބަޖެޓްގައި ނެތިގެން ހިއްކާ ސަރަހައްދުން ބަޔަކާއި ތިން ރިސޯޓް ތަރައްގީކުރުމުގެ ފުރުސަތު ދީގެން ޑިވެލޮޕަރަކާ ހަވާލުކުރާ ގޮތަށް ޕްލޭނިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ބޮޑުމޮހޮރާ ފަރުގައި ޑޮމެސްޓިކް އެއާޕޯޓަކާ އެކު ރަށެއް ތަރައްގީކުރުމަށް ޑިވެލޮޕަރަކާ ހަވާލުކުރަނީ ސިނާއީ އަދި އިގްތިސާދީ މަސައްކަތްތަކާ އެކު ތަރައްގީކުރުމަށް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ ރަށް ތަރައްގީކުރާ ޑިވެލޮޕަރު ކޮށްދޭން ޖެހޭ ކަންތައްތަކަކީ ހިއްކުމަށް ބޭނުންވާ ސަރަހައްދުގައި އެއާޕޯޓަކާއި އާއްމުން ދިރިއުޅޭ ސަރަހައްދެއް ތަރައްގީކުރުން ކަމަށެވެ. އަދި އެ ރަށް ތަރައްގީކުރުމަށް ސަބްކޮންޓްރެކްޓަރުންތަކާ ނުވަތަ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ސަރުކާރަށް ދީގެން ވެސް ކުރެވިދާނެ ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓްގައިވެ އެވެ. ނަމަވެސް އެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާކުރާ ފައިސާގެ އަދަދެއް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައެއްނުވެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ 4،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރުމަށް ފައިސާ ދޭ ޑިވެލޮޕަރަކަށް އެ މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދުން ބައެއް ދިނުމުގެ އިތުރުން ތިން ރިސޯޓް ތަރައްގީކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން އެ ޑިވެލޮޕަރު މި މަޝްރޫއަށްކުރާ ހަރަދުތަކުގެ ބަދަލު ލިބުން އަވަސް މަޝްރޫއު ހަލުއިވެގެންދާނެ،" އެ މިނިސްޓްރީގެ ވެބްސައިޓްގައިވެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން އެކަށީގެންވާ އާބާދީއަކާ އެކު ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
އެ މިނިސްޓްރީން ބުނީ ބޮޑުމޮހޮރާފަރުގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ރަށަށް ބަދަލުވުމަށް އެ އަތޮޅުގެ ރަކީދު އާއި ކެޔޮދޫ އަދި ތިނަދޫ ބަދަލުވާން އެދިފައިވާ ކަމަށެވެ. އަދި އެހެން އަތޮޅުތަކުގެ ބައެއް ރަށްރަށުން ވެސް އެ ރަށަށް ބަދަލުވާން އެދިފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ވ. އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން އާބާދުކުރެވޭ ގޮތަށް ޑޮމެސްޓިކް އެއާޕޯޓަކާއި ސިނާއީ ސަރަހައްދަކާ އެކު ބޮޑުމޮހޮރާ ހިއްކައިގެން ތަރައްގީކުރާ ގޮތަށް ހަމަޖައްސަވައި އެކަން އިއުލާން ކުރީ މިދިޔަ ޑިސެމްބަރުމަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ