ފެނަކައިން އައްޑޫ އަށް ދޫކުރާ ފެނުގެ ކޮލިޓީ ހާމަކުރުމަށް ގޮވާލައިފި

އައްޑޫ ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަމުން ގެންދާ ފެނުގެ ކޮލިޓީ ހާމަ ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ގޮވާލައިފިއެވެ.
އަލީ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީން ވާރޭ ފެން ހުސްވެ، ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށް ދޫކުރާ ފެން ބޯން ކަމުނުދާ ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުންތައް އޭނާއާ ހިއްސާ ކުރަމުން ގެންދާ ކަމަށެވެ. ނިޒާރު ވިދާޅުވީ ފެނަކައިން އައްޑޫ އަށް ދޫކުރާ ފެނުގެ ކޮލިޓީ އައްޑޫ ރައްޔިތުންނަށް ހާމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
Addu City in Vaarey fen husve @TeamFenaka in dhookoffaivaa fen boan kamu nudhaa kamah bune Rayyithun ge kan bodu vun hissaa eba kurevey. Fenaka ge fenuge quality rayyithun nah haama koh dhinun muhimmu. @myfoona @Althaf_Cirrus @SobeAbdulla
— Ali Nizar (@DhekunuNizar) April 1, 2020
އައްޑޫ ސިޓީއަށް ކަރަންޓުވެސް ފޯރު ކޮށްދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް އައްޑޫ ސިޓީއަކީ މާލެ ސިޓީ ނެގުމަށްފަހު އެންމެ ބޮޑު އާބާދީއަށް އޮންނަ އެއް ސިޓީއަށްވީ ނަމަވެސް ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވާ އަތޮޅަކަށް އައްޑޫ ވެގެންދާނެއެވެ. ހާއްސަކޮށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި މިއަދާއި ހަމައަށްވެސް ހައްލު ނުވެފައިވާ މައްސަލައެކެވެ. ނަމަވެސް ފެނަކައިން މިހާރު އަންނަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ