އިދާރާއަށް ދައްކަވަން ޖެހޭ ފައިސާ މެމްބަރުން ދެއްކެވުމަށް ނަޝީދު އެދިވަޑައިގެންފި

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއްގައި އޭސީސީން ގޮތް ނިންމައި، އެމަނިކުފާނު މަޖިލިސް އިދާރާއަށް ފައިސާ ދެއްކުމަށް އެންގުމުން، އެ ފައިސާ މެމްބަރުން ދެއްކެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.
ދެކުނު މަހާސިންތާ ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ރައީސް ނަޝީދު އަމިއްލަ ބޭނުމެއްގައި ފުވައްމުލަކާއި އައްޑުއަށް ވަޑައިގަތުމުން ޓިކެޓު ޚަރަދަށް އިތުރު 444 ރުފިޔާ އަރާފައިވާ ކަން ފާހަގަކޮށް އޭސީސީން ވަނީ އެފައިސާ ދެއްކެވުމަށް ރައީސް ނަޝީދަށް އަންގަވާފައެވެ.
ނަމަވެސް އެ ފައިސާ ދެއްކެވުމުގެ ބަދަލުގައި އޭސީސީއާ ޗެލެންޖުކުރުމަށް ވަކީލުންނާއި އެހެނިހެން ބޭފުޅުން ހޯދުމަށް މާ ގިނަ ފައިސާ ޚަރަދު ވާނެތީ ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުން އެމަނިކުފާނުގެ މަތިން އެ ފައިސާ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.
ނަޝީދުގެ ބަދަލުގައި އެ ފައިސާ ދައްކަވާނީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ