ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި ފަސް މީހަކު ހައްޔަރު ކޮށްފި

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށާ މިއީ ތަހުގީގުގެ އެންމެ ކުރީކޮޅު ކަމުން މިވަގުތު ބައެއް މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.
"މި ކަން ކުރި އެންމެހައި ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެންނާނަން. އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި ފަރާތްތައް ހިމެނޭ." ފުލުހުން ވިދާޅުވިއެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ