ބައެއް އެމްބެސެޑަރުންނާއި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ސްރީލަންކާއިން: އަހުމަދު ޝަރީފް މުހައްމަދު
ސްރީލަންކާއަށް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންގެންދަވާ ދަތުފުޅުގައި މިއަދު ބައެއް ގައުމުތަކުގެ އެމްބެސެޑަރުންނާއި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.ރައީސް ނަޝީދު ބައްދަލު ކުރެއްވި އެމްބަސިޑަރުންގެ ތެރޭގައި  އިޓަލީ އާއި ޖަޕާނު ފަދަ ގައުމުތަކުގެ އެމްބެސަޑަރުން ހިމެނިވަޑައިގަންނަވާކަމަށެވެ.އޭގެ އިތުރުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އާއި މުސްލިމުން ތަމްސީލް ކުރާ ޕާޓީއެއްގެ މެމްބަރުން ހިމެނެ އެވެ.. ލަންކާގެ  ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވެރިކަން ބަދަލުވިގޮތް ސާފުކޮށްދެއްވި ކަމަށެވެ. އެ މައުލޫމާތު ލިބިވަޑައިގެންނެވުމުން  ވެރިކަން ބަދަލުކުރުމުގެ ކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ބޮޑަށް ސާފުވި ކަމަށް މެމްބަރުން ވިދާޅުވިކަމަށް  ރައީސް އަރިހުގައި ވަޑައިގެން އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ދަތުރުފުޅުގައި މިހާރު ވަނީ އެމެރިކާއަށް ވަޑައިގެންނެވުމަށް ވިސާ ނަންގަވާފައި ކަމަށާއި ނަމަވެސް އެމަނިކުފާނު އެމެރިކާއަށް ވަޑައިގަންނަވާނީ ރާއްޖެ ވަޑައިގެންނެވުމަށް ފަހުގައި ކަމަށް ވެ އެވެ. ރައީސް ނަޝީދު މާދަމާ ވެސް ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާއިރު، މިރޭގެ ވަގުތެއްގައި ރައީސް ނަޝީދު ދެއްވާ ފަރިކޮޅެއް އޮންނާނެ އ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ