ޖީއެމްއާރު އެގްރިމެންޓް އުވާލުމަކީ ފޮރިން އިންވެސްޓަރުންނަށްދިން ނުބައި ސިގްނަލެއް:އިންޑިއާ

އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއި އެކު ވެފައިވާ 25 އަހަރު ދުވަހުގެ އެގްރިމެންޓް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކުގެ ބޭރުން ބާތިލު ކުރި ކުރުމަކީ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ދިން ނުބައި ސިގްނަލެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހުރްޝިދާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ޖީއެމްއާރު އެގްރިމެންޓް އުވާލުމަށް ނިންމުމުގެ ސަބަބުން އިންޑިއާގެ ފަރާތުން ވެސް ކަންތައްތަކެއް ކުރާނެއެވެ. ރާއްޖޭގެ މަސްރަހު ގާތުން ބަލަމުންދާ ކަމަށާއި މިމައްސަލައާއި ގުޅިގެން ސަރުކާރައި ވާހަކަ ދައްކަމުންދާ ކަމަށާއި ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ހުރްޝިދު ނެރުއްވާފައިވާ ބަޔާނަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުންވަނީ ބުނެފައެވެ.
ރާއްޖޭގައި ހުރި އިންޑިއާގެ އިންވެސްޓްމެންޓްތަކާއި އިންޑިއާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރާއި ސިޔާސީ ފަރާތްތަކުން އެދޭ ކަމަށާއި އިންޑިއާގެ އިންވެސްޓުމެންޓްތަކާއި ރައްޔިތުންގެ ހިމާޔަތުގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބި ކަމަށް ވެސް މިބަޔާނުގައި ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ