އީދު ދުވަހު މުލިއާގޭގައި ރައީސް އާއްމުންނާ ސަލާން ކުރައްވަނީ

ފިތުރު އީދު ދުވަހު ހެނދުނު 9:30 ން 10:30 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މުލިއާގޭގައި އާއްމުންނާ ބައްދަލުކޮށް ސަލާން ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އީދު ދުވަހު ރައީސްއާއި ބައްދަލު ކުރެއްވުމަށް ވަކި ހާއްސަ ދައުވަތެއް އެއްވެސް މީހަކަށް ނާރުވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޢީދު ސަލާން ކުރެއްވުމަށް މުލީއާގެއަށް ވަޑައިގަތުމުގެ ފުރުޞަތު ޢާންމުކޮށްވަނީ ހުޅުވާލައްވާފައެވެ. އެހެންކަމުން، ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމަށް އެއްވެސް ބޭފުޅަކަށް ވަކިން ދަޢުވަތު އެރުވުމެއް ނޯންނާނެއެވެ. ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކާއި، ބޭރު ޖަމާޢަތްތަކުގެ ޢިއްޒަތްތެރިންނަށާއި މަންދޫބުންނަށް ވެސް މިފުރުސަތުވަނީ ހުޅުއްވާލައްވާފައެވެ." މިހެންނެވެ.
އީދު ސަލާން ކުރުމަށް މުލިއާގެއަށް ވަޑައިގަންނަވާ ފަރާތްތަކުން ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މައި ދޮރޯށިން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ