ބީއެމްއެލްގެ އީދު ހަދިޔާ- ނަސީބުވެރި ނުވަ ފަރަތަކަށް 5000 ރުފިޔާ

ބޭންކް އޮފް މޯލްޑިވްސްގެ އީދު ހަދިޔާގެ ގޮތުގައި ނަސީބުވެރި ނުވަ ފަރާތަކަށް 5000 ރުފިޔާދޭން ނިންމައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އީދު ދުވަހުގެ މުނާސަބަތުގައި ކުރާ ކަންކަމުގެ ފޮޓޯ ސޯޝަލް މީޑިޔާގައި EidKihineh# ޖަހާފައި ޕޯސްޓް ކުރުމުން ބީއެމްއެލް އީދު ހަދިޔާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ.
ސައީދު ވިދާޅުވީ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ ބޭނުންކުރާ ފަރާތްތަކަށް ޖޫން މަހުގެ 4 ވަނަ ދުވަހުން 6 ވަނަ ދުވަހާއި ހަމަޔަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ.
ކޮންމެ ޕްލެޓްފޯމަކުންވެސް 3 ނަސީބުވެރިން ނަގާނެކަމަށް ސައީދު މައުލޫމާތު ދެއްވިއެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ފޮޓޯ ޕޯސްޓުކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައިގެނަކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ނަސީބުވެރިން އިއުލާންކުރުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ