ޖީވައިޕީއޭގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު ހަމަޖައްސަވައިފި

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް (ޖީވައިޕީއޭ) ތަމްރީން ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.
ޖީވައިޕީއޭ އަކީ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްކެވެ.
ޖީ.ވައި.ޕީ.އޭ ނިންމުމުގެ ރަސްމިއަޔާތުގައާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރަފީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޕްރޮގްރާމުގެ ތެރެއިން ހުރިހާ ބައިވެރިން ހިމެނޭގޮތަށް ކުރިޔަށްގެންދާ ސްނޯކްލިން އިވެންޓްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރަފީން ބުނެއެވެ.
ރަފީ ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ، ރައީސް ނަޝީދަކީ ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ޕީސް އަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެއްކަމަށެވެ.
އަދި އެފަދަ ވަރުގަދަ ޝަހުސިއްޔަތެއް މިޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެހިގެންދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ޑރ. ރަފިއްޔާ ވިދާޅުވި އެވެ.
ރަފީއިން ދެއްވި ދައުވަތު ގަބޫލުކުރެއްވި ކަމަށްޓަކައި ޑރ.ރަފިއްޔާވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި، އޮގަސްޓް މަހުގެ 28 އިން 31 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަށް ގިނަ އަދަދެއްގެ ޒުވާނުންގެ ތަރުހީބު ލިބެމުންދާކަމަށް ރަފީން ބުނެއެވެ.
ރަފީއިން ބުނި ގޮތުގައި މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުތަމަ އިވެންޓެވެ.
ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ މިއިވެންޓުން ޖުމްލަ 25 ގައުމު ހިމެނޭގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ