ހއ.ކެލާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހއ. ކެލާ  ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކެލާ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ގޭގެއަށް ޒިޔާރަތްކޮށް ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި، ވައްކަން ކުރާފަރާތްތަކަށް ފުރުސަތު ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. މީގެއިތުރުން ގޭގައި ގެންގުޅޭ އަގުބޮޑު ތަކެއްޗާއި ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތާބެހޭގޮތުންވެސް  މަޢުލޫމާތު ދީފައިވެއެވެ. އަދި އާންމު އިޖްތިމާޢި މިންގަނޑުތަކާއި ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ނުދިނުމަށާއި އެފަދަ ކަންކަމުން ދުރުހެލިވެވިދާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތުދީ، އެރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މައުލޫމާތުތައް އޮޅުން ފިލުވާފައިވެއެވެ.
މީގެ އިތުރުން ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވުމަށްވެސް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ ރައްކާތެރިވެ ތިބުމާއި، ބޭންކް އެކައުންޓުގެ މަޢުލޫމާތާއި ކޭޝް ކާރޑްގައިވާ މަޢުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ވައްކަންކުރުންފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަމާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާ ކަންތައްތަކާއި ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ. ންވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ.
ހއ. ކެލާ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ކެލާ ރައްޔިތުންނަކީ ހޭލުންތެރިބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް ކެލާގެ ގެ 139 ގެއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކެލާ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ