ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އައިޖީއެމްއެޗްގައި އެމަނިކުފާނު އެޑްމިޓްކުރުމަށްފަހު ދޫކޮށްލާފައިވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. އޭގެ ފަހުގެ ވަގުތެއްގައި ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.
އެމަނިކުފާނަށް ފަރުވާދެނީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ.
ޖަލަށް ގެންދިޔުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ