ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދޭކަށް ބޭނުމެއް ނޫން: ރުކުމާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އޭނާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށް ހެންވޭރު ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމަކީ އަކީ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވި ބޭފުޅެއް ކަމަށްވާއިރު އޭނާ ވަނީ ދާދިފަހުން އެމްޑީޕީން ވެސް ވަކިވެ ވަޑައިގެންފައެވެ.
މިއަދު ކ.މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރުކުމާ އަށް ނަޝީދު ފާޑު ވިދާޅުވިއިރު، ރުކުމާ މިރޭ ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ.
Miadhu maafusheega Raees @MohamedNasheed alhugandah nisbaiy koh dhekkevi vaahaka ah alhugandu comment eh kuran beynun noon kamah media thakuge samaalu kamah dhannavaalan.
— Rukuma (@RukumaA) March 5, 2019
މިއަދު މާފުށީގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގުރައިދޫގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވި ފަރާތް ވެސް މިއަދު ހުންނެވީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި އާދިލް އާއެކު ކަމަށާއި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އަހުލާގެއް ކަމަށެވެ.
"އަޅުގަނޑުގެ ހެންވޭރު ދެކުނު ދާއިރާ އިން ބަލިވި ކެންޑިޑޭޓަށް، ރުކުމާ އަހުމަދަށް ދަންވާލަން ބޭނުން މާފުއްޓަށް ދުރުވެ މިތާ އުޅުއްވަންވީ ނޫންތޯއޭ ދުވަސްކޮޅަކަށް. އަހުލާގު ފަހަރެއްގައި ލިބިދާނެއޭ. ދުނިޔޭގައި އަޅުގަނޑުމެން ހަމަ ލެއްވީތީ އުޅޭކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތެއް ކޮންމެ މީހެއްގެ ވެސް ހުންނަން ވާނެ. މާފުށީ ދަރީންގެ އެކަން އެބަހުރި" ނަޝީދު ވިދާޅުވިއެވެ.
ރުކުމާ އަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މެމްބަރު ކަމަށްވާއިރު، އެ ދާއިރާގެ މަޖިލިސް ޕްރައިމަރީ މިފަހަރު ކާމިޔާބު ކުރެއްވީ ހުސެން ޝަމީމް (އަނދުން ހުސެއިން) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ