ޝަރުޢީ ޙައްލުތަކަކާއިއެކު ރައީސް ޔާމީން ދަނީ 2 ވަނަ ދައުރަކަށް ތައްޔާރުވަމުން: މުޙައްމަދު ސަޢީދު

ޝަރުޢީ ޙައްލުތަކަކާއިއެކު ރައީސް ޔާމީން ދަނީ 2 ވަނަ ދައުރަކަށް ތައްޔާރުވަމުން ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ސަޢީދު ވިދާޅުވީ ޝަރުޢީ ޙައްލުތަކަކާއިއެކު ރައީސް ޔާމީން 2 ވަނަ ދައުރަކަށް ތައްޔާރުވަމުން ދާކަމަށާއި، އެކަމަށް ވަރަށްބޮޑެތި ވިސްނުންތަކެއް ތިލަ ކުރާނެކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަކީ ވަރަށް ހަރުދަނާ ކޯލިޝަނެއް ކަމަށާއި، އިދިކޮޅު ކޯލިޝަނުން ތިބީ އެ ކޯލިޝަން ތެރޭގައި ޚިޔާލުތަފާތުވާނެ ޖާގައެއްވެސް ދޭގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ސަޢީދު މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާކަމަށް އަޑުފެތުރިފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ސަޢީދު ވިދާޅުވީ މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީކަމަށާއި އަދި ކުރިއަށް އޮތްތާގައި މި ޕާޓީ އިތުރަށް ބޮޑުވެގެން ދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ