މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން މާލެ ރައްޔިތުން ކުރިމައްޗަށް ގެނޭ: މާލެ ރަށްވެހިންގެ ޖަމްޢިއްޔާ

ގުރޭޓާ މާލޭ އޭރިއާ ނުވަތަ މާލޭ ބޮޑު ސަރަހައްދުގެ ބިން ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުން ތައްޔާރުކޮށްފައިވާ "ލޭންޑް ޔޫސް" ޕްލޭން މާލޭ ރައްޔިތުންގެ ކުރިމައްޗަށް ގެނައުމަށް މާލޭ ރަށްވެހިންގެ ޖަމްޢިއްޔާއިން ގޮވާލައިފިއެވެ. މިކަމަށް އެޖަމްޢިއްޔާއިން ގޮވާލާފައިވަނީ އެޖަމްޢިއްޔާއިން ކުރި ޓުވީޓެއްގައެވެ. އެޖަމްޢިއްޔާއިން މިކަމަށް ގޮވާލާފައިވަނީ މިނިސްޓާ ފޯ ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗާ މުޙައްމަދު އަސްލަމްގެ ކިބައިންނެވެ. ގުޅީފަޅު މަޝްރޫޢުގެ ބިން ހިއްކުމުގެ ރޭވުމަށް ގެނެސްފައިވާ ބަދަލުތަކާއި އަދި މިމަޝްރޫޢާ ގުޅޭ ގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންތަކެއް ދަނީ ފާހަގަކުރަމުންނެވެ. އަދި މިޓުވީޓުގައި މާލެ ރަށްވެހިންގެ ޖަމްޢިއްޔާއިން ބުނެފައިވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފުރަތަމަ ކަމެއްގެ ގޮތުން ކަށަވަރުކުރެވެން ޖެހޭ ކަމުގައެވެ. ގުޅީފަޅަކީ ކުރިން ރައީސް ޔާމީން ވެރިކަމުގައި އިޢުލާނުކުރި "ވިލިމާލެ-2" މަޝްރޫޢުގެ ދަށުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިއްކަން ނިންމާފައިވާ ބިމެކެވެ. އަދި މާލޭގެ ބައިނައިލްއަޤުވާމީ ވިޔަފާރި ބަނދަރު އެއިރު އަޅަން ނިންމާފައިވަނީ ތިލަފުށީގައެވެ. ނަމަވެސް މިސަރުކާރުން އެބަނދަރު ގުޅީފަޅަށް ބަދަލުކޮށްފައިވެއެވެ. މަލޭ ރަށްވެހިންގެ ޖަމްޢިއްޔާއަކީ ސިޔާސީ ފިކުރުތައް އެއްކިބާކުރުމަށް ފަހު މާލޭގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ