ރައީސް އޮފީހުން އަންގައިގެން ހެދި ވީޑިއޯއަކަށް ފައިސާ ނުދީ 9 މަސް!

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމި މާލެ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު ނިމޭއިރު މާލެ މަގުތަށް އޮންނާނެ ގޮތް ދައްކުވައިދޭ ވީޑިއޯއެއް ހަދަން ރައީސް އޮފީހުން އެދިގެން ހެދި ގްރެފިކްސް ޑިޒައިނަރަކަށް އެ މަސައްކަތަށް ދޭން ޖެހޭ ފައިސާ ނުދީގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ލޯންޗު ކުރި މާލެ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު ލޯންޗު ކުރިއިރު އެ ވީޑީއޯވެސް ދައްކާލާފައިވެއެވެ. "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސައްކަތް ކުރި ފަރާތަށް އެކަން ކުރުމަށް އެދި އެންމެ ފުރަތަމަ ގުޅާފައިވަނީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަޒީޒެވެ. ޖުމްލަ 35،000 ރުފިޔާގެ މި މަސައްކަތް، ސަރުކާރުން އެދުނު ފެންވަރަށް، އަދި ނިންމަން ބުނި ތާރީހަށް ނިންމާފައި ވީނަމަވެސް އަދި ވެސް އެ މަސައްކަތުގެ އަގު ދީފައިނުވެއެވެ. Mi video hedhi kudhin nah masakkathu agu dhevven neiy haalugai e kudhin lavvaa masakkaiy kuruvee keehve thoa ? Ekudhin nah agu nudhevvey haalu ga thibbevi beyfulhun nah hehdheveynee kon mageh thoa ? Adhi payment dhevvan bune komme dhuvahaku kon olhuvaalevvumeh thoa ? https://t.co/GaMirtwLWH— Ahmed Arif (@Arttey) September 13, 2020އަދި ފައިސާ ހޯދުމަށް ސިޓީ ކައުންސިލަށް ގުޅުމުން އެކި ފަހަރު އެކި ބަހަނާތައް ދައްކާކަމަށް އެ މަސައްކަތް ކުރި ޑިޒައިނަރުގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުންޏެވެ. "9 މަސް ވީ، ގުޅީމަ ބުނަނީ ޗެކު ފޮތް ނެތޭ، ފިނޭންސް ޑިޕާޓްމެންޓް އެންމެން ކޮވިޑު-19 ޖެހިގެން ކަރަންޓީން އޭ، ޗެކް ރެޑީއޭ، ޗެކް ގަ ސޮއި ކުރާ 3 ވަނަ މީހާ ސޮއި ނުކޮށްގެނޭ، އެންމެ ފަހުން މިދިޔަ ހަފްތާ ބުނީ ޓްރާންސްފާ ކުރާނީ އޭ، މިއަދު ބުނީ އިންޓަނެޓު ބޭންކިން ޕާސްވޯޑު ހަނދާން ނެތިގެންނޭ" އޭނާ ބުންޏެވެ.މި މޭރުމުން ވާހަކަ ދައްކާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ޕްރޮކިއުމެންޓު ޑިޕާޓްމެންޓުގެ ހެޑް ކަމަށް މައުލޫމާތު ލިބެއެވެ.ސަރުކާރުން އެކި މަސައްކަތް ކުރުވާފަ ވަރަށް ގިނަ ފަރާތްތަކަށް ފައިސާ ނުދީ ލަސްކުރަމުންދާ މައްސަލަ ދަނީ މިހާރު ކުރިމަތިވަމުންނެވެ. ބައެއް ފަރާތްތަކަށް އެތައް މިލިއަން ރުފިޔާގެ މަސައްކަތަށް ލިބެން ޖެހޭ ފައިސާ 1 އަހަރު ވީ އިރުވެސް ނުލިބި އެބަހުއްޓެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ