ހަބަރު ހުސްވެގެން މާލެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ހަބަރު ހުސްވެގެން މާލެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
އެ މީހާ ވެއްޓިފައި އޮތީ ކާރުބާރު ބޮޑު މަޖީދީ މަގަށެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި، މަގުމައްޗަށް ވެއްޓިފައި އޮތީ ފިރިހެނެކެވެ.
އަދި އެމްބިއުލާންސްގައި އެ މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަަށް ގެންގޮސްފައެެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ވެއްޓިފައި އޮތީ މަޖީދީ މަގު ނަލަހިޔާ ކައިރިއަށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިރެ 19:48 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މީހާ އެތަނަށް ވެއްޓިފައި ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ބިދޭސީއެކެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ