މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 107 މީހުން

މިއަދު ރާއްޖެއިން ކޮވިޑަށް 107 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ދިވެހީންނެވެ. އެއީ 73 މީހުންވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީން އާއި ސްރީލަންކާ އެކަކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،679 އަށް އަރައިފައެވެ. މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،449 މީހުންނަށެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 3،208 މީހުން ބަލިން ރަގަޅުވެފައިވާއިރު މިހާތަނަށް 22 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ