ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 27) - ކުޅިވަރު ކުޅޭ އެތުލީޓުން އަހަރެއްގެ ތެރޭ ހޯދާ އާމްދަނީއާ ބެހޭ ތަފާސް ހިސާބުތައް އާންމުކުރާ ސްޕޯޓިކޯގެ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އަހަރު ޖުމްލަ އެކު، 260 މިލިއަން ޑޮލަރު ހޯދި އަލް ނަސްރުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އާމްދަނީ ލިސްޓުގެ އެއް ވަނަ އެވެ.
މި ލިސްޓުގެ ގަދަ 100 ގެ ތެރޭގައި މުޅިން ވެސް ހިމެނެނީ، ފިރިހެން އެތުލީޓުންނެވެ.
އެއް ވަނަ ހޯދި ރޮނާލްޑޯ އަށް އަލް ނަސްރުން ލިބުނު އާމްދަނީ އަކީ، 215 މިލިއަން ޑޮލަރެެވެ. އަދި ސްޕޮންސަޝިޕް ޑީލްތަކުން 45 މިލިއަން ޑޮލަރު ލިބިފައިވެ އެެވެ. ގަދަ 10 ގައި ރޮނާލްޑޯގެ އިތުރުން، އިތުރުން ދެން ހިމެނެނީ، ދެ ފުޓްބޯޅަ ކުޅުންތެރިންނެވެ.
އެއީ، 135 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު، ލިސްޓުގެ ހަތަރެއްގައި އޮތް އިންޓަ މިއާމީ އަށް ކުޅޭ ތަރި ލިއޮނަލް މެސީ އެވެ. އަދި، ލިސްޓުގެ ހަ ވަނައިގައި އޮތީ ދާދި ފަހުން، ސައުދީ އަރަބިއްޔާގެ އަލް ހިލާލްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވި، ނޭމާ އެވެ. ނޭމާ، ވަނީ އަލް ހިލާލްގެ ކޮންޓްރެކްޓް އުވާލިއިރު، ބައެއް ޕޭމަންޓްތައް ނުނަގަން ނިންމައިފަ އެވެ. އެއީ، މިދިޔަ އަހަރު ބޮޑުބައި އޭނާ އަނިޔާގައި ހުރުމުންނެވެ. އެ ވަރުން ވެސް، ނޭމާ އަށް ވަނީ، 133 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި ލިސްޓުގެ ދެ ވަނައިގައި އޮތީ ބާސްކެޓްބޯޅަ ތަރި ސްޓެޕް ކަރީ އެވެ. އޭނާ 153.8 މިލިއަން ޑޮލަރު ހޯދި އެވެ. ޓައިސަން ފިއުރީ އަށް 147 މިލިއަން ޑޮލަރު ލިބި ލިސްޓުގެ ތިނެއްގައި އޮތްއިރު، ލިސްޓުގެ ފަހެއްގައި އޮތީ ލެބްރަން ޖޭމްސް އެވެ. އެއީ، 133.2 މިލިއަން ޑޮލަރު ހޯދައިގެންނެވެ.
މިދިިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް ރޮނާލްޑޯ: 260 މިލިއަން ޑޮލަރު ލިބުނު! މިދިިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް ރޮނާލްޑޯ: 260 މިލިއަން ޑޮލަރު ލިބުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ