ގައުމީ ހޭންޑްބޯޅަ ޓީމުގެ ތަރި، މުހައްމަދު ޔަޝްމު އަށް މެލޭޝިއާގެ ހޭންޑްބޯޅަ ޓީމަކުން ފުރުސަތު ލިބިއްޖެ އެވެ.
މެލޭޝިއާގެ ކްލަބެއް ކަމަށްވާ ކިޖާން ހޭންޑްބޯޅަ ކްލަބުން ޔަޝްމު، 20، އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ވަނީ ލިބިފަ އެވެ. މީގެ އެއް ދުވަސް ކުރިން ކިޖާން ހޭންޑްބޯޅަ ކްލަބުން ވަނީ ޔަޝްމު އަށް މަރުހަބާ ކިޔައިފަ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން އެންމެ ފަހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނީ ޔަޝްމު އަށެވެ.
އެންމެ ފުރަތަމަ ފުޓްބޯޅަ ކުުޅުނު ޔަޝްމުގެ އުމުރުން 12 އަހަރު ވަންދެން ފުޓްބޯޅަ ކުޅުނު ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީވެ، އޭގެ ފަހުން، އެހެން ކުޅިވަރަކުން ކުރިއަށްދިއުމަށް މަސައްކަތްކުރުމުގެ ގޮތުން، އިންޓަ ސްކޫލްގައި ޖަމާލުއްދީން ސްކޫލުގެ 12 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމުގެ ސިލެކްޝަނެއްގައި ބައިވެރިވި އެވެ.
އޭގެ ފަހުން، މަޑުމަޑުން ހޭންޑްބޯޅައިގެ ކެރިއަރު ބައްޓަންކުރަމުން އައިސް، ޔަޝްމު ހުރީ ރާއްޖޭގެ ހޭންޑްބޯޅައިގެ އެންމެ އުހުގަ އެވެ. އަދި، މެލޭޝިއާގެ ކިޖާން ހޭންޑްބޯޅަ ކްލަބުން ޔަޝްމު އަށް ލިބުނު ފުރުސަތާ އެކީގައި ކެރިއަރު އާ ލެވަލަކަށް ގެންދިއުމަށް ދޮރު ހުޅުވިގެންދިޔައީ އެވެ.
ރާއްޖޭގެ އުމުރުފުރާ ހޭންޑްބޯޅަ ގައުމީ ޓީމަކަށް ވެސް ކުޅުމަށް ފަހު، ޔަޝްމު އަންނަނީ މިހާރު ސީނިއާ ޓީމުގައި ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަމުންނެވެ.
ގައުމީ ހޭންޑްބޯޅަ ޓީމުގެ ޔަޝްމު އަށް މެލޭޝިއާ ޓީމަކުން ފުރުސަތު ގައުމީ ހޭންޑްބޯޅަ ޓީމުގެ ޔަޝްމު އަށް މެލޭޝިއާ ޓީމަކުން ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ