ހުޅުމާލޭ ކޮވިޑް ފެސިލިޓީ ޖަލަކަށް ބަދަލުކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މީހުންނަށް ފަރުވާ ދިނުމަށް ހެދި އިމާރާތް، ޖަލުގެ ޔުނިޓެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟- ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ މި ތަނުގައި، 140 މީހުންގެ ޖާގައިގެ ފަސް ސެލް ބްލޮކް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި16 ގައިދީން އިއްޔެ އެތަނަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.
އެތަނުން ބުނިގޮތުގައި ދެބުރިއަށް ހަދާ މި ތަނުގައި ބައިތިއްބާނީ، ފަންނީ މަސައްކަތުގައި މާލޭ އޭރިގައި އުޅޭ ގައިދީންނެވެ. މިތަން ހަދާފައިވަނީ އޭސީ ވެސް ހަރުކޮށްގެންނެވެ.
ކަރެކްޝަންސް އިން ބުނީ:
މި އިމާރާތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް
އޭރުން، ކޯޓުތަކަށާއި މެޑިކަލްއަށް މާލެ ގެންނަ ގައިދީން ބައިތިއްބުމުގައި ބޮޑު ލުއިކަމެއް ލިބޭނެ ކަމަށް
އަދި ދަތުރުފަތުރުގެ ހަރަދުތައް ވެސް ކުޑަވާނެ ކަމަށް ބުނި
އެތަނުން ބުނިގޮތުގައި މިހާރު ހިދުމަތް ދެނީ، ޖާގައިގެ އަދި ލޮޖިސްޓިކް ދަތިތަކާއެކުގަ އެވެ. އަދި މޫސުމުގެ ސަބަބުން ވެސް އޮފިސަރުންނަށް ރިސްކު ބޮޑުވާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ