ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަން ގަވާއިދެއް އެކުލަވާލައިފި

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި، ރާއްޖޭގައި ބޭނުންކުރާ އެހެނިހެން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން އެކުލަވާލައިފިއެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެހެން އުސޫލު ވަނީ ކަނޑައަޅާފައެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އެކުލަވާލި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ޕްލާސްޓިކްގެ ބޭނުންކުރުން ހުއްޓުވުމާއި، ގާނޫނީ ގޮތުން އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި ގަވާއިދު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާނީ އެންވަޔަރުމެންޓް މިނިސްޓްރީ، އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އަދި ކަސްޓަމްސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ