މިރޭ ޕީއެންސީގެ ޖަލްސާ އޮތްއިރު، ވީއައިއޭގެ ޝެޑިއުލްގައި 50އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބޮޑު ޖަލްސާއެއް މިރޭ ބާއްވާއިރު، މިއަދަށް އެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓު ޝެޑިއުލްކޮށްފިއެވެ. ވީއައިއޭގެ ޝެޑިއުލް ދައްކާ ގޮތުން، ރޭ މެންދަމުން ފެށިގެން މިއަދު އެކަނި 50އަށް ވުރެ ގިނަ ޑޮމެސްޓިކު ފުލައިޓް ވީއައިއޭއަށް ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ގައުމީ އެއާލައިން މޯލްޑިވިއަންއާއި މަންޓާ އެއާއާއި ފްލައިމީގެ ފްލައިޓުތަކެވެ. މިހާ ގިނަ އަދަދަކަށް ވީއައިއޭއަށް ފުލައިޓުތައް ޝެޑިއުލްކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މިރޭގެ ޕީއެންސީ ޖަލްސާއަށް އެކި ރަށްތަކުން އަންނަނީ ގިނަ ބަޔަކު މާލެ އަންނަމުންނެވެ. އެއީ، ކަނޑާއި ވައިގެ މަގުންނެވެ. ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް އަންނަ މީހުންނަށް ވީއައިއޭއިން އެޕާޓީގެ މެންބަރުން މަރުހަބާ ކިޔަނީ ---- ފޮޓޯ/ ޕީއެންސީ އެގޮތުން، އިއްޔެ އާއި މިއަދު ވެސް އެ ޖަލްސާއަށް އެތައް ބަޔަކު ވަނީ މާލެ އައިސްފައެވެ. މީގެ އިތުރުން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އަންގާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފާހަގަކުރެވޭ ގޮތުގައި، އެ ޖަލްސާއާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން އާޓިފިޝަލް ބީޗު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ފުލުހުން ވަނީ ނިންމައިފައެވެ. އެގޮތުން އެ ވަގުތުން ފެށިގެން ބޮޑުތަކުރުފާނުމަގު, ކާނިވާ ސަރަހައްދުން ފެށިގެން ކުރީގެ ޗީބޯ ރެސްޓޯރެންޓާ ހަމައަށާއި މަޖީދީމަގުގެ ވަކި ސަރަހައްދެއް އެއްކޮށް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ. https://sun.mv/213898 މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން ހެންވޭރުގެ ބޮޑު ސަރަހައްދަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ