ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ފިންގާޕްރިންޓް އަދި ފޮޓޯ (ބަޔޯމެޓްރިކްސް) އަޕްޑޭޓް ނުކުރާ ހުރިހާ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓްކުރަން ފަށާނެ ކަމަށް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މުއްދަތު މާދަމާއަށް ހަމަވުމާއެކު، އޭގެ އަނެއް ދުވަހު ހިންގާ އޮޕަރޭޝަނުގައި އެކަން ފުރިހަމަ ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރާއްޖޭގައި މީގެ ފަހުން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެއްވެސް ބިދޭސީއަކަށް ނުހުރެވޭނެ ކަމަށާއި އެގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރަން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
"މާދަމައަށް މި ހަމަވަނީ މުއްދަތު. މާދަމަޔާ ހަމައަށް ރަޖިސްޓާ ނުވާ ނޫނިއްޔާ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރެޝަނުގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓުކުރާ ގޮތަށް އޮތީ. މަދަމާއަށްފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނިއްޔާ ޑީޓެއިލް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓްކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް އެއްކުރަން ފެށި "ކުރަނގި" އޮޕަރޭޝަނުގެ ދަށުން މިއަދާ ހަމައަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވަ ކަމަށެވެ.
"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާ ހަމައަށް އައިއިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި އެމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި އެކިއެކި ކުށްތައް ކޮށްގެންނާއެކު 9،021 މިހާތަނަށް ޑީޕޯޓް ކޮށްފައިވާ ކަމަށާއި އެއީ މިދިޔަ ސަރުކާރަށްވުރެ އެތައް ގުނަ އިތުރު އަދަދެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓުކުރަން ފަށަނީ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓުކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ