މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ 6 މީހަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ."ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގާފައި ވަނީ ގިނަ އިންތިޒާމްތަކެއް ރޭވިފައިވާ ނެޓްވޯކެއްގެ ތެރެއިންކަން ފާހަގަކުރެވޭ،" އެ މީހުން ހައްޔަރު ކުރަން ފުލުހުން ހޯދި ކޯޓު އަމުރުގައި ވެއެވެ.މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފަ އެވެ.އޭގެ އިތުރުން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރި މީހާ ވަނީ އެ މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާއި ފައިސާއަކީ އޭނާގެ ތަކެތި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެފައެވެ.އަދި މި މައްސަލައިގައި ހައްޔަރު ކުރެވުނު އެންމެންނަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ބުނެފައި ވެއެވެ.މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 36 އަހަރާއި، 47 އަހަރާއި 39 އަހަރާއި، 37 އަހަރާއި، 28 އަހަރުގެ އިތުރުން 30 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ