ނެޝަނަލް 8 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން އިބްރާހީމް ޝަރީފް ޖާގަ ހޯދައިފި

ނެޝަނަލް އެއިޓް ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން އިބްރާހީމް ޝަރީފް ޖާގަ ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލްޔާޑް އެސޯސިއޭޝަނުން ކުރިޔަށްގެންދާ ނެޝަނަލް އެއިޓް ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ޝަރީފް ޖާގަ ހޯދީ ސެމީފައިނަލްގައި އަލީ ފަޔާޒްއާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ހަތެއް އަށަކު މެޗު ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގަައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ތެރޭގައި ލޫޒާ ބްރެކެޓްގެ ޕްރީ ކުއާޓަރ ފައިނަލު މެޗުތައް ކާމިޔާބުކޮށް މުޙައްމަދު ޝަރީފްއާއި ހުސައިން ފަޔާޒްވަނީ ކުއާޓަރ ފައިނަލް ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގައި މިރޭ ކުރިޔަށްދާނީ ލޫޒާ ބްރެކެޓްގެ ކުއާޓަރ ފައިނަލް މެޗުތަކާއި ސެމީފައިނަލް މެޗުތަކެވެ.
ކުއާޓަރ ފައިނަލްގައި ބައްދަލު ކުރާނީ ހުސައިން ފަޔާޒްއާއި މުޙައްމަދު ޝަރީފެވެ. މިމެޗުން މޮޅުވާ ކުޅުންތެރިއަކު ސެމީފައިނަލްގައި ބައްދަލު ކުރާނީ އަލީ ފަޔާޒްއާއި އެވެ.
32 ކުޅުންތެރިން ވާދަކުރާ މިމުބާރާތަށް ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރަކުން މުބާރާތަށް ކޮލިފައިވި 16 ކުޅުންތެރިންނާއި އޮޓަމެޓިކް ޖާގައަކުން ކޮލިފައިވި 16 ކުޅުންތެރިންގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ