ފެން ކުންފުންޏަށް ލިބުނު ގެއްލުން ހައްލުކުރުމަށް 20 މިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ބުނެފި

އެމްޑަބްލިއުއެސްސީގައި އެނދި ޕެނަލް ބޯޑުގެ މައްސަލަ ހައްލުކުރުމަށް 20 މިލިޔަން ޑޮލަރު ނަގާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމާއި ގުޅިގެން މިއަދު ހަވީރު 4:00 ޖަހާއިރު މާލެ ސިޓީ ހޯލްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފް: ހުރިހާ މަރުކަޒުތަކުން ފެން ދޫކުރަން ފަށައިިފިން
އެމްއެންޑީއެފް: ފެން ދޫކުރާ ހުރިހާ މަރުކަޒަކުން ފެން ދޫކުރަން ފަށައިފި
މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ 100 ޓަންގެ ބޯފެނާއި ފަސް ފެން ޕްލާންޓް ރާއްޖެއަށް ހަދިޔާކުރުމަށް ބަންގްލަދޭޝް އިން ނިންމައިފި އެވެ.
މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް އެސްޓީއޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ޝުކުރު އަދާކުރައްވައިފި އެވެ.
މިނިސްޓަރު ނާޒިމް: ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 500،000 ޑޮލަރުގެ އެހީއެއް ވަނީ ދީފައި.
އިންޑިއާގެ އަސްކަރީ 10 ވަނަ މަތިންދާ ބޯޓް 38 ޓަނުގެ ފެން ހިފައިގެން ރާއްޖެ އަތުވެއްޖެ
ކަސްޓަމްސް: އެމްއެންޑީއެފް މެދުވެރިކޮށް މިހާތަނަށް 200 އަށްވުރެ ގިނަ ޓަނުގެ ވާރޭފެން ފޯރުކޮށްދީފިން.
އެމްއެންޑީއެފް: ފެން ދޫކުރާ މަރުކަޒުތަކުން މިއަދު ފެން ދޫކުރާނީ މެންދުރުފަހު 2:00 އިން 6:00 އަށް
ޓާސްކް ފޯހުގެ ބައްދަލުވުން މިހާރު ނިންމާލައިފި.
މިނިސްޓަރު ނާޒިމް: އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑަށް ލިބުނު ގެއްލުން ަހއްލު ކުރަން 20 މިލިއަން ޑޮލަރު ހަރދުވާނެ. ބޭރު ފަރާތަކުން 1.5 މިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ
މިނިސްޓަރު ނާޒިމް: މިއަދު މެންދުރުފަހުން 02:00 އިން ފެށިގެން 10 މަރުކަޒުން ފުޅި ފެން ދޫކުރާނެ
މިނިސްޓަރު ނާޒިމް: މިރޭ 10:00 އިން ފެށިގެން ފެން ވޯޓާ ސަޕްލައި ފެން ދޫކުރަން ފަށާނެ. އަދި މައްސަލަ ހައްލުކުރަން 20 މިލިޔަން ޑޮލަރު ނަގާނެ.
ޓާސްކް ފޯހުން ބާއްވާ ޕްރެސް ކޮންފެރަންސް ފެށިގެން ކުރިއަށް ދަނީ.
މިއަދާއި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ކާބޯތަކެތި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
https://twitter.com/MariyaDidi/status/541454405753524224
https://twitter.com/drmauroof/status/541449684938526720
ސިފައިން ޓްރަކްތަކުގައި ފެން ފޯރު ކޮށްދިނުމުގެ މަސައްކަތް ފަށައިފި.
https://twitter.com/HPA_MV/status/541439844639969280
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ޑިސެމްބަރު މަހުގެ ފެން ބިލު ހިލޭކޮށްދިނުމަށް ގޮވާލައިފި.
އަށެއް ޖެހި އިރު ފެން ދޫކުރަން ފަށައިފި. ނަމަވެސް ބައެއް އިމާރާތްތަކަށް އަދި ފެނެއް ނުލިބޭ.
މާލެ ސިޓީ ކައުންސިލް އިން ތިން ދުވަސް ފަހުން ފެނުގެ ހިދުމަތް ދިނުމަށް ގެނައި ފެން ޕްލާންޓް ނުހިނގައިގެން މިރޭ ފެނުގެ ހިދުމަތް ނުދެވުނުކަމަށް މައުލޫމާތު ލިބޭ. އަދި ފެނުގެ ހިދުމަތް މާދަމާ ހެނދުނު 10 ޖަހާ ކަން ހާއިރު ދެވޭނެ ކަމަށް ވެސް ވޭ.
ދިވެހި ރެޑް ކްރެސެންޓުން ޑިސެލިނޭޝަން ޕްލާންޓެއް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އަދި ރެޑް ކްރިސެންޓްއިން 50 ޓަނުގެ ފެން ފޯރު ކޮށްދިނުމަށް ނިންމައިފި.
މުސްކުޅިންނާއި އަންހެނުން އަދި ކުޑަކުދިންނަށް ފެން އުފުލުމަށް އަދާލަތު ޕާޓީން އެހީތެރިވާން ފަށައިފި.
https://twitter.com/AdhaalathOffice/status/541301584315949056
ލިލީ އިން ރިސޯޓްކަށް ވިއްކުމަށް ގެނެސްފައިވާ ފެން އާންމުންނަށް ބަހަން ފަށައިފި. އެގޮތުން 17 ޓަނުގެ ފެން ސަރުކާރާއި ހަވާލުކުރެވިފައިވާ ކަމަށް މައުލޫމާތު ލިބޭ.
މުޅި މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އެމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ސައުދިއަރަބިއްޔާގެ ބޭފުޅަކު އެއް މިލިއަން ޑޮލަރު ހަދިޔާކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެެއްޖެ އެވެ. ނަމަވެސް އެ ފަރާތުގެ ނަމެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ރައީސް އޮފީހުގައި ޓާސްކް ފޯސްގެ ބޭފުޅުންނާއި ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިފްކޯ އިން ވެސް އިސްކުރު ބަރި ގާއިމްކޮށްގެން މިރޭ 10:30 އިން ފެށިގެން ފެން ދޫކުރަން ފަށައިފި އެވެ. މިފްކޯގެ އިސްކުރު ބަރި ގާއިމްކޮށްފައިވަނީ މާފަންނު މިފްކޯގެ ހެޑްއޮފީސް ކައިރީގައިވާ މާފަންނު ސްޓޭޑިއަމްގެ ފާރުގައި ބޮޑު ތަކުރުފާނު މަގަށްވާ ގޮތަށެވެ.
ދިރާގު އަދި އުރީދޫއިން އިސްނަގައިގެން ބައެއް ފަރާތްތަކަށް ފެން ބަހައިދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ދިރާގުގެ ވޮލަންޓިއަރުން މަސައްކަތް ކުރަނީ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅު ކުރު ކުރެއްވުމަށްފަހު މީގެ އިރުކޮޅެއް ކުރިން މާލެ ވަޑައިގެންފި. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.
ހުޅުމާލޭގެ ބައެއް ފިހާރަތަކުންވެސް ފެން ހުސްވެފައިވާކަމަށް މައުލޫމާތެ ލިބޭ. ނަމަވެސް ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް އަދި ނުލިބޭ.
ޓާސްކް ފޯސްގެ ނިއުސް ބްރީފިން ނިންމާލައިފި
މިނިސްޓަރު ނާޒިމް: ރައްޔިތުންނަށް ދަތި ނުވާވަރަކަށް ހަފްތާއެއްގެ ތެރޭގައި ފެން ފޯރުކޮށްދެވޭނެ. ނަމަވެސް މުޅި މައްސަލަ ހައްލުވާނީ އަދި ދެ ހަފްތާއެއް ވަރު ފެން. މާލޭގައި އާންމު ހާލަތުގައި ގަޑިއަކު 2000 ޓަނުގެ ފެން ބޭނުން ކުރެވޭ.
މިނިސްޓަރު ނާޒިމް: ހެލްތް މިނިސްޓްރީން ވާނެ ކޮންމެ ބޭފުޅަކު ވެސް ގޭގައި ކާއެއްޗެތި ހަދައިގެން ކެއުމަށް އިލްތިމާސްކޮށްފައި. ސަރުކާރުން މިދޫކުރާ ފެނަކީ ޓެސްޓް ކުރެވިފައިވާ ފެނެއް.
މިނިސްޓަރު ނާޒިމް: ހޮސްޕިޓަލްތަކަށް ބޭނުންވާ ފެން ފޯރުކޮށްދެވެމުންދާތީ އެތަންތަނުން ހިދުމަތް ދިނުމަށް ދައްޗެއް ނުވާނެ
މިނިސްޓަރު ނާޒިމް: ފެން ނުލިބިގެން އެއްވެސް ރައްޔިތަކު ކަންބޮޑުވާކަށް ނުޖެހޭނެ. އެއް ފަހަރާ މިހާރު ގިނަ އަދަދަކަށް ފެން ނަގާ ބައެއް ފަރާތްތަކުން އެބަ ރައްކާކުރޭ. އެހެން ހެދުމުން ފެން ލިބޭ ތަންތަނުން ދުރުގާ އުޅޭ ފަރާތްތަކަށް ފެން ލިބުމަށް ދަތިވޭ. އެހެންކަމުން ކޮންމެ ފަރާތަކުން އެ ފަރާތަކުން ބޭނުންވާ މިންވަރަށް ފެން ގޭގެއަށް ގެންދިއުމަށް އެދެން
މިނިސްޓަރު ނާޒިމް: ވަގުތީ ގޮތުން ފެން ދޫކުރަން ގާއިމްކުރާ ތިން ޕްލާންޓްގެ ތެރެއިން ދެ ޕްލާންޓް ބޭނުން ކުރަން ފެށިއްޖެ. މާދަމާ ހެނދުނު 8:00 އިން 10:00 އަށް ދެ ގަޑިއިރަށް ފެން ދޫކުރާނަން. މިހެން ހެދުމުން ފެން މިހާރު ނުލިބޭ މީހުންނަށް ފެން ލިބޭނެ. މިރޭ 10 ތަނަކުން ފެން ލިބޭނެ.
ޓާސްކް ފޯސްގެ ނިއުސް ބްރީފިން ފެށިއްޖެ
އެމްޓީސީސީން މަސްވެރިންގެެ ޕާކުގައި ފެން އިސްކުރު ބަހައްޓައިފި.
އައިޖީއެމްއެޗް: އާދިއްތަ އަދި ހޯމަ ދުވަހުގައި ސަރުކާރު ބަންދުވި ނަމަވެސް އައިޖީއެމްއެޗްގެ އޯޕީޑީ އަދި އެމަޖެންސީ ހިދުމަތްތައް ދެވޭނެ.
ފޮރިން މިނިސްޓްރީ: އިންޑިއާ އިން ފޮނުވި އަށްވަނަ ޝިޕްމެންޓުގައި 50 ޓަނުގެ ފެން ގެނެސްފި
މާލޭ ސިޓީ ކައުންސިލް: އަމިއްލަ ފަރާތަކުން ދިން ފެން ޕްލާންޓެއް ބޭނުންކޮށްގެން މިރޭ 10:00 ޖަހާއިރު ފެން ދޫކުރަން ފެށޭވަރުވާނެ. އެޕްލާންޓް ގާއިމްކޮށްފައިވަނީ ސޯޝަލް ސެންޓަރާއި ދިމާލު ބޭރުގައި ހަދާފައިވާ ބުރު ހުންނަ ސަރަހައްދުގައި
އެމްއެންޑީއެފް: އިންޑިއާ އަސްކަރިއްޔާގެ ހަތްވަނަ މަތިންދާބޯޓުގައި ގެނައި 20.8 ޓަނުގެ ފެން ބޭލުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން
މާލެއިން ފެން ކެނޑިފައިވާތީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީގެ ފަރާތުން މާލޭގެ މަސްވެރިންގެ ޕާކްގައި އިސްކުރު ބަރިއެއް ބެހެއްޓުމަށް ނިންމައިފި އެވެ. އެ އިސްކުރު ބަރިއަކީ އާންމު ބޭނުންތަކަށް ފެން ދޫކުރުމަށް ހަރުކުރެވިފައިވާ އިސްކުރު ބަރިއެއް ކަމަށާއި މިރޭ 8:00 ޖަހާއިރު ހިދުމަތް ދިނުމަށް މަސައްކަތް ކުރެވޭތޯ ބަލަމުންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ އުމަރު: މިތަން ހުރީ ސެކިއުރިޓީ މައްސަލައަށް ތައްޔާރުވެފައި. އަދި އެ މިންގަނޑުތައް ހުރީ ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް. އެކަމަކު ކަމެއް ދިމާވެދާނެތާ ދެއްތޯ؟ ލިބުނު ގެއްލުމުގެ އޮޑިޓެއް ވެސް މިދަނީ ހަދަމުން
އެމްޑަބްލިއުއެސްސީގެ އެމްޑީ އުމަރު: ރައްޔިތުންނަށް ފެން ނުލިބި މިދާ މުއްދަތުގައި ރައްޔިތުންނަށް ޑިސްކައުންޓެއް ލިބޭނެ. މިހާދިސާގެ މައުލޫމާތު ދެވޭނީ ތަހުގީގަށްފަހު
ހޯމް މިނިސްޓަރު އުމަރު ނަސީރު: ވަގުތީ ތިން ފެން ޕްލާންޓަކުން ފެން ފޯރުކޮށްދޭން މިދަނީ މަސައްކަތް ކުރަމުން. މިވަގުތު ބޭނުންކުރަނީ އެއް ޕްލާންޓް. ތިން ޕްލާންޓް އެއްކޮށް މަސައްކަތް ކުރަން ފެށުމުން މިހާރު އެއްގަޑިއިރަށް ދޫކުރާ ފެން ދެ ގަޑިއިރަށް ދޫކުރަމުންދާނަން
ހޯމް މިނިސްޓަރު އުމަރު ނަސީރު: އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވަރަށް ބުރަކޮށް ދަނީ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އިނގޭ އަދި ފެނޭ ރައްޔިތުން ކުރާ އިހްސާސް
ހޯމް މިނިސްޓަރު އުމަރު ނަސީރު: ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޮންމެ އަށް ގަޑިއިރަކުން ގޭގެއަށް ފެން ފޯރުކޮށްދޭނަން. އޭގެ ފަހުން ކޮންމެ 24 ގަޑިއިރަކު ކޮންމެ ހަގަޑިއިރަކުން ގޭގެއަށް ފެން ދޫކުރާނަން. ފެން ކެނޑުމުގެ ކުރިން ހުރިގޮތަށް ހިދުމަތް ދޭން އަދި ހަތް ދުވަހާއި 10 ދުވަހުގެ މުއްދަތެއް ނަގާނެ.
އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ނޫސްވެރިންނަށް ދައްކާލައިފި އެވެ.
ސަރުކާރުގައި ރޭވުންތެރިކަމެއް ނެތިގެން އަސާސީ ހިދުމަތްތައް ހުއްޓިދާއިރު މިއީ ސިޔާސީ ޕާޓީ ތަކުން ސަރުކާރު ޖަވާބުދާރީކުރަންޖެހޭ ކަންކަން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބި ފެން ކެނޑުނު މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން މިއަދު މާލެ ގެނެސްފިއެވެ. އޭގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވިފަ އެވެ. ރާއްޖެ ގެންނަ މިފަދަ ތަކެއްޗާ ހަވާލުވަނީ އެމްއެންޑީއެފުން ކަމަށް އެނގިފައިވެ އެވެ.
ކަސްޓަމްސް: މިރޭ 8:00 ޖަހަންދެން ކަސްޓަމްސް ކައިރިން ފެން ދޫކުރަމުންދާނެ.
މާލެއިން ފެނުގެ ހިދުމަތް ކެނޑިފައިވާ މިވަގުތުގައި ދޫކުރާ ފެނުން އަގު ނުނަގަން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ. އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެކަން ވަނީ ހާމަކޮށްފަ އެވެ.
ބޭރުން ކެއުމުގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ ކާނާ ކެއުމުގައި ބޭނުންކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
50 ޓަނުގެ ފެނާ އެކު އިންޑިއާގެ މަތިންދާ ބޯޓެއް މީގެ އިރުކޮޅެއް ރާއްޖެ އައިސްފި އެވެ.
ޓެސްޓު ކުރުމަށްފަހު 600 ޓަނުގެ ވާރޭ ފެން ސޯޝަލް ސެންޓަރުން ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ދޫކުރަން ފަށާނެ ކަމުގައި ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ސީޕީ ހުސައިން ވަހީދު: މައްސަލަ ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން ފަރާތުގައި ހުރި މައްސަލަތައް ބަލާ މިދަނީ ބަލަމުން. އަދި ކަންކަން މިހާރުވެސް ވަނީ އިސްލާހުކުރެވިފައި
ސީޕީ ހުސައިން ވަހީދު: މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭ. އަދިވެސް އެ އެއްބާރުލުމާ ކެތްތެރިކަން ބޭނުން. މިދަތިން އަރައިގަތުމަށް މަސައްކަތް ކުރަމުން މިދަނީ.
ސްޓެލްކޯ: ފެން ކުންފުނިން އެދޭ ވަރަށް މިދަނީ ކަރަންޓް ދެމުން. ފެންކުންފުނިން އެދުނީ 2.5 މެގަވޮޓްގެ ކަރަންޓް ފޯރުކޮށްދިނުމަށް. އެކަން ކޮށްދީފައިވާނީ
އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާ މާލެއިން ފެން ކެނޑިގެންދިޔަ މައްސަލަ އެކަމަށް އެކުލަވާލާފައިވާ ހާއްސަ ތަހުގީގު ޓީމަކުން ތަހުގީގު ކުރަމުންދާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަަމަޖައްސާފައިވީ ނަމަވެސް އެމަޖެންސީ ހާލަތެއްގައި ކޮންމެ ވަގުތަކުވެސް ހިދުމަތް ދޭނެ ކަމުގައި އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.
ރާއެމްޑަބްލިއުއެސްސީ އަށް ވަޑައިގެން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.
މާލޭގައި މިވަގުތު ތިބި ހުރިހާ ސްކައުޓުން އަރަބިއްޔާ ސުކޫލަށް ހާޒިރުވުމަށް ސްކައުޓް އެސޯސިއޭޝަނުން އެދިއްޖެ އެވެ.
ސްޓެލްކޯ ކައިރިން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުޑަކުދިންގެ ބަގީޗާގެ ފާރުގައި އިތުރު އިސްކުރު ބަރިއެއް ހަރުކޮށް ފެންދޭން ފަށައިފި އެެވެ.
މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުން
ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް މާދަމާ ބަންދުކުރަން ނިންމައިފި އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހައްލުކުރަން ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޗެންނާއީ އިން މާލެއަށް ފެން ގެންނަން ނިންމައިފި އެވެ.
800 ޓަނުގެ ފެން އުފުލޭ އިންޑިއާގެ އަސްކަރީ މަނަވަރު "ދީޕަކް" މާދަމާގެ 3:00 ޖަހާއިރު ރާއްޖެ އަންނާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ރަޖީވް ސަހާރޭ ވިދާޅުވެއްޖެ އެވެ. "ދީޕަކް" މާލެ އައިސް 200 ޓަންގެ ފެން ދުވާލަކު އުފައްދާނެ ކަމަށް ސަހާރޭ ވިދާޅުވި އެވެ.
ކަސްޓަމްސް އިމާރާތުގެ ހުޅަނގު ފަރާތުގައި 25 އިސްކުރު ހަރުކޮށް ފެންދޫކުރަން ފަށައިފި. އިންޑިއާގެ މަނަވަރުން އުފައްދާ ފެން ވެސް އެ އިސްކުރުތަކުން ލިބެމުންދޭ
މާލެއިން ފެން ކެނޑުމާއި ގުޅިގެން ގައުމުން ބޭރަށް ކުރައްވަމުން ގެންދެވި އަމިއްލަ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް މީގެ ކުޑައިރުކޮޅެއް ރާއްޖެ ވަޑައިގަންނަވަފައިފި. އެމަނިކުފާނު ފްލައިޓުން ފައިބާ ވަޑައިގެން ހުޅުލޭ އެއާޕޯޓުގައި ހުންނަ ވީއައިޕީ ރޫމަށް ވަދެވަޑައިގެންނެވި މަންޒަރު ވީނިއުސްގެ ނޫސްވެރިންނަށް ވަނީ ފެނިފައި. ރައީސް ޔާމިން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ދެއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވައިފި
ތަރުޖަމާން: ރައީސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ އަމިއްލަ ދަތުރުފުޅެއްގައި. ނަމަވެސް މާލެއިން ފެން ކެނޑުމާއި ގުޅިގެން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ރައީސް މިރޭ މާލެ ވަޑައިގަންނަވާނެ.
ތަރުޖަމާން: މާލޭގެ ފެނުގެ މައްސަލަ އަދިވެސް ހައްލުނުވާތީ މާދަމާ އަދި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ނޫސްވެރިންނާ ބައްދަލުކުރައްވަން ފައްޓަވައިފި
ޓާސްކް ފޯސްގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި
މިނިސްޓަރު ނާޒިމް: ކުންފުނިތަކަށް އަންގާފައިވަނީ ފިހާރަތަކަށް ފެން ވިއްކަން. އަދި ފިހާރަތަކަށް އަންގަން އަގުބޮޑުކޮށް ރައްޔިތުންނަށް ފެން ނުވިއްކަން. އަގުބޮޑުކޮށް ފެން ވިއްކާ އެނގިއްޖެނަމަ ފިޔަވަޅު އަޅަން ސަރުކާރުން ފަހެއް ނުޖެހޭނެ. އެ ފިހާރައެެއްގެ ލައިސަންސް ބާތިލްކުރާނަން އެފަދަ ކަމެއް ހިނގައިފިނަމަ
މިނިސްޓަރު ނާޒިމް: އެމްޑަބްލިއުއެސްސީއާ ސަރުކާރުން މަޝްވަރާކޮށްފިން މިހާރަށްވުރެ ފަސޭހައިން ރައްޔިތުންނަށް ފެން ލިބޭނެ ގޮތްތަކާއި ގުޅޭ ގޮތުން. އެފަރާތަކުން އެމައުލޫމާތު ހާމަކުރާނެ. މިއީ ހާދިސާ ހިނގަންވީ ގޮތް ތަހުގީގު ކުރުމަށްވުރެ މައްސަލަ ހައްލުކޮށް ހިދުމަތް ދޭންވީ ވަގުތު
މިނިސްޓަރު ނާޒިމް: ސޯސަލް މީޑިއާގައި ފެން ދޫކުރުމުގައި ބިިދޭސީން ތަފާތު ކުރާ ވާހަކަ އެބަ ބުނޭ. އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް.
މިނިސްޓަރު ނާޒިމް: ބައެއް ފަރާތްތަކުން ދަނީ މިކަން ސިޔާސީ ކަމަަކަށް ހަދަމުން. އެގޮތަށް އަމަލުނުކޮށް މިމައްސަލަ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދެން. ސަރުކާރުން މިދަނީ މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން.
މިނިސްޓަރު ނާޒިމް: ޗައިނާގެ ސަރުކާރުގެ ފެނުގެ ފުރަތަމަ ޝިޕްމަންޓް މިއަދު 11:40 އެހާއިރު ލިބޭނެ. އަދި ޗައިނާގެ އަސްކަރީ ބޯޓެއްގައިވެސް ފެން ހިފައިގެން އެބައާދޭ. އިރާދަކުރެއްވިއްޔާ ފެން ލިބުމުގައި ދައްޗެއް ނުވާނެ
މިނިސްޓަރު ނާޒިމް: 23 ލޮރީއެއްގައި މިއަދު ރައްޔިތުންނަށް ފެން ފޯރުކޮށްދޭނަން. 24 ގަޑިއިރު ފެން ލިބޭނީ ވިލިގިލި ފެރީ ޓާމިނަލް ކައިރިންނާއި ސްޓެލްކޯއިން
މިނިސްޓަރު ނާޒިމް: ވަގުތީ ގޮތުން ގާއިމްކުރެވުނު ޕްލާންޓުން މިއަދު ފެން އުފައްދަން ފެށިއްޖެ. މިއީ ލިބުނު ކާމިޔާބެއް. މިއަދު މެންދުރު 12:00 އިން 13:00 އަށް ފެން ލިބޭނެ
ޓާސްކް ފޯސްގެ ނޫސްވެރިންގެ ބައްދަލުވުން ފެށިއްޖެ
މިނިސްޓަރު އަދީބުގެ ޓްވީޓް
މާލޭގައި ހުންނަ އދ. އޮފީހުގައި ރައްކާކޮށްފައި ހުރި 180 ޓަނުގެ ފެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީ: އިންޑިއާ އާއި ސްރީލަންކާއިން 150 ޓަންގެ ފެން މިއަދުގެ ނިޔަލަށް ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި
އެމްއެންޑީއެފް: ހިލޭ ފެން ފޯރުކޮށްދެވޭނީ މިރޭ 12:00 ޖެހުމާއި ހަމައަށް
އެމްއެންޑީއެފް: މާލެއަށް ފެން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 800 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ ބޯޓެއް ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި ރާއްޖެ އަންނާނެ. އެއީ މިހާތަނަށް ރާއްޖެ އަންނަ މިފަދަ އެންމެ ބޮޑު ބޯޓް.
އިކޮނޮމިކް މިނިސްޓްރީ: ޗައިނާގެ ކޮމާޝަލް ފްލައިޓްތަކުން މާދާމާ ރާއްޖެ އަށް ފެން ގެންނާނެ.
އިންޑިއާގެ ތިންވަނަ އަސްކަރީ މަތިންދާ ބޯޓެއް ހުޅުލޭ އެއާޕޯޓުގައި ޖައްސައިިފި. އެ ބޯޓުން 59 ޓަނުގެ ފެން ރާއްޖެ ގެނައި
މޯލްޑިވްސް ކަސްޓަމްސް ސާވިސް: މިތަނުގެ ރިޒާވްގައި ރައްކާކުރެވިފައި 200 ޓަނުގެ ފެން ވަނީ އެމްއެންޑީއެފާ ހަވާލުކުރެވިފައި. އަދި އޭގެ ތެރެއިން 70 ޓަނުގެ ފެން ވަނީ ރައްޔިތުންނަށް ފޯރުކޮށްދެވިފައި
ޓާސްކް ފޯސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި އެވެ.
މިނިސްޓަރު ނާޒިމް: ފެނުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ ޓެކްނިކަލް މަސައްކަތުގެ 60 ޕަސެންޓް މިހާރު ވަނީ ނިމިފައި. ފެން ފޯރުކޮށްދިނުމުގެ 90 ޕަސެންޓް މިހާރު ހާސިލްކުރެވިއްޖެ
މިނިސްޓަރު ނާޒިމް: އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑަށް މިވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި. މިއީ އަޅުގަނޑުމެން ކުރިން ލަފާކުރި އަދަދަށްވުރެވެސް ބޮޑު ގެއްލުމެއް. މައްސަލަ ހައްލުކުރުމަށް ސިންގަޕޫރުގެ ޓެކްނީޝަނުން މިހާރު ވަނީ މާލެ އައިސް މަސައްކަތް ފަށާފައި
މިނިސްޓަރު ނާޒިމް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމް މާދަމާ ހަމަޖައްސާނަން. އަދި ފެން ދޫކުރާ ފިރިހެނުންނާ އަންހެނުން ވަކިން ބަލަމުންދާނަން
މިނިސްޓަރު ނާޒިމް: ޗައިނާއިން ރާއްޖެ އަންނަ ކޮންމެ މަތިންދާ ބޯޓަކުން ރާއްޖެއަށް ފެން ލިބޭނެ. އެމެރިކާގެ އެހީތެރިކަން ވެސް އަޅުގަނޑުމެންގެ މި މައްސަލައަށް ލިބޭނެ
މިނިސްޓަރު ނާޒިމް: ޗައިނާގެ މަނަވަރެއް މިހާރު ދަނީ ރާއްޖެއަށް އައުމަށް ދަތުރުކުރަމުން. އެހެންކަމުން އިރާދަކުރެއްވިއްޔާ ފެން ލިބުމުގެ ދަތިކަމެއް ނުވާނެ
މިނިސްޓަރު ނާޒިމް: މާދަމާ މެންދުރު 12:00 ޖަހާއިރު ވޯޓަސަޕްލައި ފެން އަލުން ދޫކުރަން ފަށާނެ. އިއްޔެއާ މިއަދަށް ވުރެ މާދަމާ ފެން ލިބޭ ޕްރެޝަރު ރަނގަޅުވާނެ
އިންޑިއާގެ ސަފީރު ރަޖީވް ޝަހާރޭ: މިރޭ މާލެ އައި އިންޑިއާގެ މަނަވަރުން ދުވާލަކަށް 70 ޓަނުގެ ފެން އުފެއްދޭނެ. ނަމަވެސް އެ މަނަވަރު ދަތުރުކުރަމުންދާތާ ދުވަސްތަކެއް ވެފައިވާތީ އުފެއްދިދާނެ ފެނުގެ އަދަދު ޖެހޭނީ އިތުރަށް ބަލާ ޔަގީންކުރަން
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއާއި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަމިއްލަ ދަތުރުފުޅެއްގައި ގައުމުން ބޭރަށް ވަޑައިގެން އުޅުއްވާތީ އެތަނުން ކޮންމެވެސް އެއް ބޭފުޅެއްގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މާލެއިން ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ޖޭޕީ ޕީޖީ ގުރޫޕުގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު އެދިވަޑައިގަންނަވައިފި އެވެ.
މީގެ ކުޑައިރުކޮޅެއް ރާއްޖެއައި އިންޑިއާގެ މަނަވަރުގައި ފެން އުފައްދާ ދެ ޕްލާންޓް ހަރުކޮށްފައި އެބަހުރި
މާލެއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެހީވާން ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިންޑިއާގެ ދެ މަނަވަރުގެ ތެރެއިން އިންޑިއާގެ ފުރަތަމަ މަނަވަރު މާލޭގައި އެމްޕީއެލް އިން އޮޕަރޭޓް ކުރަމުންދާ މީރުބަހުރު ބަނދަރަށް ގާތްކޮށްފި އެވެ.
ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ފެން ފޯރުކޮށްދީ އެވެ. އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.
ވެވުނު އެންމެ ރަނގަޅަކަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މުޅި މާލެ އިން ފެން ކެނޑިފައިވާތީ ރައްޔިތުން އިހްތިޖާޖު ކުރަންޖެހޭ ކަމުގައި ކުރީގެ ރައީސް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓުތަކުން ގެނައި ފެން މާލެ ގެނައުމަށްޓަކައި ދޯނިތަކަށް ފެން ބަރުކުރުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަމުން އެބަދޭ.
ބައެއް ޑިސްޓްރިބިއުޝަން ސެންޓަރުތަކުން ފެން މިވަގުތަށް ހުސްވެފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. ފެން ހުސްވެފައި މިވަނީ ހުޅުމާލެއިންނާއި އަތޮޅުތެރެއިން ފޯރުކޮށްދޭ ފެން މާލެއާއި ހަމަޔަށް ފޯރުމުގައި ހުރި ޑިލޭތަކެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ހުސެއިން އަލީ ވިދާޅުވި އެވެ.
އިންޑިޔާގެ އަސްކަރިއްޔާގެ ދެވަނަ ފްލައިޓުން ގެނައި 28 ޓަނުގެ ފެން ބޭލުމުގެ މަަސައްކަތް ސިފައިން ފަށައިފި އެވެ.
ޓީ-ޖެޓީ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ރައްޔިތުންނަށް ބޯ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
ފެން ފޯރުކޮށްދިނުމުގައި ބިދޭސީންނާއި ދިވެހިންނާއި ތަފާތު ކުރާ މައްސަލަ ބަލާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ވިދާޅުވެއްޖެ. މައްސަލަ ރިޕޯޓްކުރަން 1424 ހަށް ގުޅުމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި.
އިންޑިއާގެ ދެވަނަ އަސްކަރީ މަތިންދާ ބޯޓު ދެންމެއަކު އައިއެންއައިއޭގައި ޖައްސައިފި.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ކެތްތެރިވުމަށާއި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފި.
ވިލިމާލޭގެ ގޮނޑު ދޮށުން ދޯނި ފަހަރަށް ފެން ބަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ވަގުތީ ޕަންޕު ސްޓޭޝަނެއް ގާއިމްކޮށްފި
އިންޑިއާ އިން ރާއްޖެއަށް ފެން ފޯރުކޮށްދިނުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިންޑިއާއަށް މަރުހަބާ ދަންނަވައިފި އެވެ.
ފޮރިން މިނިސްޓްރީ: ފެން ހިފައިގެން އިންޑިއާ އިން ރާއްޖެއަށް އަންނަ އަސްކަރީ ހުރިހާ ބޯޓެއް މިރޭ 8:00ގެ ކުރިން ރާއްޖެ އަންނާނެ. އިންޑިއާގެ އަސްކަރީ ފަސް މަތިންދާ ބޯޓް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އިންޑިއާގެ ދެވަނަ އަސްކަރީ ބޯޓް އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު. އެމެރިކާގެ މަނަވަރު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖެ އަންނާނެ. ސްރީލަންކާއިން ފެން ހިފައިގެން އަންނަ ފުރަތަމަ ފްލައިޓް މިރޭ 7:00 ޖަހާއިރު ރާއްޖެ އަންނާނެ
އިންޑިއާ އިން ފެން ހިފައިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ އަސްކަރީ މަތިންދާ ބޯޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފި އެވެ. އެއާޕޯޓުގައި މިވަގުތު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެބަހުންނެވި
އިންޑިއާ އިން އަންނަ އަސްކަރީ ފުރަތަަމަ ބޯޓުން 50 ޓަނުގެ ފެން ގެންނައިރު އެ ބޯޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:33 ގައި
މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށްޓަކައި ސަރުކާރަށް އެހީތެރިވާނެ ކަމުގައި ޑީއާރްޕީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ: ފެން ފޯރުކޮށްދިނުމަށް މާލެ އައުމަށް ހަމަޖެހިފައިވާ އިންޑިއާގެ ފުރަތަމަ މަނަވަރު މާލެ އަންނާނީ މިއަދު ހަވީރުގެ ވަގުތެއްގައި
މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ދާދި އަވަހަށް ހައްލު ވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ އެމްޑަބްލިއުއެސްސީގެ ޕެނަލްބޯޑުގައި އަލިފާން ރޯވެ އަނދާހުލިވުމާއި ގުޅިގެން ސިންގަޕޫރުން އާ ޕެނަލް ބޯޑެއް މާލެ ގެނެސްފި އެވެ.
އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑު އަލުން ހަރުކުރަން ސިންގަޕޫރުގައި ހުންނަ ހިޓާޗީ ކުންފުނީގެ ފަރާތުން އެހީތެރިވަމުންދާ ކަަމަށާއި މަސައްކަތުގައި ކުރިއެރުން ލިބެމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް: ހިލޭ ފެން ފޯރުކޮށްދޭ މަރުކަޒުތަކުން އަލުން ފެން ދޫކުރަން ފަށާނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު
ހުކުރު ވަގުތު ޖެހުމުން ހިލޭ ފެން ފޯރުކޮށްދެމުން ދިޔަ މަރުކަޒު ތަކުން ފެން ފޯރުކޮށްދިނުން މެދު ކަނޑާލައިފި އެވެ. ދެން އަލުން ފެން ދޫކުރާނެ ވަގުތެއް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ.
ދިވެހި ރައްޔިތުންނަށް އެހީތެރިކަމަށް ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާގެ ރައްޔިތުންނާ ސަރުކާރު އަދި އަސްކަރިއްޔާއިން ރާއްޖެއަށް ވެދެއްވާ އެހީތައް ފާހަގަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ޝުކުރު އަދާކުރައްވައިފި އެެވެ.
ވޯކް ޕަމިޓް ހިފައިގެން ދިއުމުން ބިދޭސީންނަށް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ޓާސްކް ފޯސްގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި އެވެ.
މިނިސްޓަރު ނާޒިމް: މިރޭ ތަންކޮޅެއް ރަނގަޅަށް ވޯޓަސަޕްލައި ފެން ލިބޭނެ. ނަމަވެސް ފެން ލިބޭނީ މިހާރުވެސް ލިބެމުން ދިޔަ ނިސްބަތުން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ގައިޑެންސްގެ ދަށުން
މިނިސްޓަރު ނާޒިމް: ފެން އުފައްދަން ގާއިމްކުރި ވަގުތީ ނިޒާމް މަސައްކަތް ކުރަން ފަށައިފި. އެ ނިޒާމްގެ ތެރެއިން ފެން އުފައްދަން ފަށައިފި. އެތަނުގައި ފެން ދޫކުރަން ހަތް ޕޮއިންޓެއް ވަނީ ގާއިމްކޮށްފައި. ފެން އަޅާނެ އެއްޗެއް ހިފައިގެން އައުމުން ފެން ލިބޭނެ.
ފެނުގެ މައްސަލަ ހައްލުކުރަން އުފައްދާފައިވާ ޓާސްކް ފޯސް ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރަން ފަށައިފި
މިނިސްޓަރު ނާޒިމް: ކުރަމުންދާ މަސައްކަތުގައި ކާމިޔާބު އެބަ ލިބޭ. ތިން ދުވަސް ވަންދެން ފެން ލިބުމުގައި ދަތިތަކެއް ދިމާވާނެ. ކޮންމެ ހަ ގަޑިއިރަކުން އެއް ގަޑިއިރަށް ވޯޓަސަޕްލައި ފެން ލިބޭނެ.
މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުރީގެ ރައީސް މައުމޫން ޝުކުރު އަދާ ކުރައްވައިފި އވެެ.
ފެން ފުޅި ހިލޭ ފޯރުކޮށްދިނުން މިއަދު ހެނދުނު 9:00 އިން 11:00 އަށް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މުޅި މާލެއިން ފެން ކެނޑި މާލޭގައި ދިރިއުޅޭ އެތައްހާސް ބަޔަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް ވަނީ މިއަދު ހުކުރު ނަމާދު ކުރަން ވުޞޫ ކުރުމަށް އިސްލާމީ މަރުކަޒުން ފެން ލިބޭނެކަމަށް ވިދާޅުވެފައި.
އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ހެނދުނު 8:30 ވާ އިރު މަސައްކަތުގެ 50 ޕަސެންޓް ފުރިހަމަ ވާނެ ކަމަށް. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ އިތުރުން އެމްއެންޑީއެފްގެ ބުރަ މަސައްކަތްވެސް ފާހަގަ ކުރެއްވި.
އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ޓްވިޓާ މެދުވެރިކޮށް އެމްޑަބްލިއުއެސްސީގެ އިންޖީނު ގޭގައި ޓްރާންސްފޯމާ އެއް ހަރުކުރެވުނު ވާހަކަ ބުނެފައި. މިއީ ބޭނުންވާ ތިން ޓްރާންސްފޯމާގެ ތެރެއިން އެކަތި ކަމަށް މިނިސްޓަރު ބުނޭ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ބިދޭސީންނަށް ބޯފެން ނުދިނުމަކީ އިންސާނިއްޔަތާ މުޅިން ހިލާފުކަމެއް ކަމަށް ބުނެ ރޭގަ ޓްވީޓެއް ކުރައްވާފަ. މެމްބަރު އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ ރޭގައި މާލޭގެ ދިހަ ސަރަހައްދަކުން ބޯފެން ފޯރުކޮށްދެމުން ދިޔައިރު އެތަނަށް ދިޔަ ބައެއް ބިދޭސީން އަނބުރާ ފޮނުވާލުމާ ގުޅިގެން.
ގައުމީ ފުޓްބޯޅަ ދަނޑުން ފެންދޫކުރުން ހުއްޓާލުމުން އެސަރަހައްދުގައި މީހުން އަޑުގަދަކޮށް ހަޅޭލަވަމުން ގެންދާކަމަށް މައުލޫމާތު ލިބޭ.
މައުލޫމާތު ލިބޭގޮތުގައި އީދު މިސްކިތާއި، ބަންޑާރަ މިސްކިތާއި، ހުކުރު މިސްކިތާއި ދަރުމަވަންދަ މިސްކިތުގެ އިތުރުން ސަލްޓަންޕާކް ކުޑަ މިސްކިތުގެ ވަޅުން މިހާރު ގެންދަނީ ފެންނަގަމުން
މާދަމާ ފެން ދޫކުރަން ފަށާއިރު ގިޔާސުއްދީން ސުކޫލްގެ ބަދަލުގައި ފެން ދޫކުރަނީ އެކުވެނި ޓްރެކް ދަނޑުން ކަމަށް އެމްއެންޑީއެފްއިން ބުނޭ
މާދަމާ ހެދުނު 9 ކުން ފެށިގެން 11 ޖަހަންދެކަ މިރޭ ހިދުމަތް ދެވުނު 10 މަރުކަޒުން ފެން ފޯރުކޯށްދިނުމުގެ ހިދުމަތް ދެވޭނެ ކަމަށް އެމްއެންޑިއެފްއިން ބުނޭ.
މާލޭގެ ގިނަ ސަރަހައްދުތަކުގައި ހަދާފައިވާ ކިއުތަށް ހުސްވުމުން އެ މަރުކަޒުތައް ބަންދު ކޮށްފި. އޭގެ ތެރޭގައި ހިރިޔާ ސްކޫލް، ސޯޝަލް ސެންޓަރ އަދި ދަރުމަވަންތަ ސްކޫލް ހިމެނޭ. އެހެނިހެން މަރުކަޒުތަކުގައި 400 އެއްހާ މީހުން ހިމެނޭ.
މާލޭގެ ދިހަ ސަރަހައްދެއްގައި ހިލޭ ފެން ހޯދުމަށް ހެދުނު ކިއުތަށް މިހާރު ބަންދު ކޮށްފި. އެމްއެންޑިއެފްއިން ބުނާގޮތުގައި އެންމެ ފަހު މިހާ އާއި ޖެހެންދެން ފެން ފޯރު ކޮށްދެވޭނެ.
ގަލޮޅު ސްޓޭޑިއަމްގައި މިރޭ ފެން ހޯދުމަށް ހެދި ކިއު -- ވީފޮޓޯ: ހުސައިން އަލީ
މާލޭގައި ހިލޭ ފެން ދޫކުރަމުންދާ މަރުކަޒުތަކުގައި އަދިވެސް ކިއު ވަރަށް ދިގު
މާލެއިން ފެން ކެނޑުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ދާތީވެ ހުޅުމާލެ ފެރީތަކަށް ބާރުބޮޑުވެއްޖެ އެވެ.
ފެން ހިލޭ ފޯރުކޮށްދިނުމަށް ސިފައިންނާ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ދިވެހި ރެޑްކްރޮސެންޓް ޖަމިއްޔާއިން ބައިވެރިވެއްޖެ އެވެ.
ޓާސްކް ފޯހުގެ ނިއުސް ކޮންފަރެންސް ނިންމާލައިފި
މިނިސްޓަރު ތޯރިގް: ފެނުގެ މައްސަލަ މިހާ އަވަހަށް ހައްލުކުރެވުނީ ބެކަޕް ޕްލޭނެއް އޮވެމެ އެއާ އެއްގޮތަށް އަމަލުކުރުމުން
މިނިސްޓަރު ޝައިނީ: ފެނުގެ މައްސަލަ ހައްލުކުރުމަށް މާދަމާ ހެނދުނު ސާމާނު ގެނެވޭނެ. ކޮންޓިންޖެންސީ ޕްލޭނެއްގެ ދަށުން ކައިރީގައި އޮތް އެހެން ތަނެއްގައި މިދަނީ ކެޕޭސިޓީ ބިލްޑް ކުރަމުން. މިރޭ ދަންވަރު ޓެސްޓްކޮށް މާދަމާ ހެނދުނުގެ ވަގުތެއްގައި ފެން އުފައްދަން ފެށޭނެ އެ ސިސްޓަމްގެ ތެރެއިން
މިނިސްޓަރު ނާޒިމް: މިރޭ 10:30 އިން ފެށިގެން ދަންވަރު 12:00 އަށް އަލުން ހިލޭ ފެން ދޫކުރާނަން. ރައްޔިތުންނާ ވިޔާފަރިވެރިން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ކޮންޓިންޖެންސީ ޕްލޭނެއް ވަނީ ހަދާފައި. އެކަމަކު ކަމެއް ދިމާވެދާނެ. މިއީ ބައެއްގެ އިހްމާލެއް ނޫން. ރާއްޖެ އިން ބޭރުގެ އެހީތެރިކަން ހޯދަން ޕްލޭން ބީގައި މަސައްްކަތް ކުރާނަން. ކުރިން ހަމަޖެއްސި ގޮތަށް އެ އިންތިޒާމްތަކާ އެއްގޮތަށް ކަންކަން އެބަދޭ. އެހެންނަަަމަވެސް ބައެއް ކަންކަން އެންމެ ރަނގަޅަށް ނުދާ ކަން ގަބޫލުކުރަން. މާދަމާ މެންދުރާ ހަމައަށް ފެނަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މިހާރު އުއްމީދުކުރެވޭ.
ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ ދިމާވާ މައްސަލަތައް ހައްލުކުރަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޓީން ނޫސްވެރިންނަށް މައުލޫމާތު ދޭން ފަށައިފި އެވެ.
ކާރިސާގެ މިފަދަ ވަގުތު ކެތްތެރިވެ އެކަކު އަނެކަކަށް އެހީވުމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އިލްތިމާސްކުރައްވައިފި އެވެ.
މާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައިވަނިިކޮށް މިރޭ މާލެއަށް ބޯކޮށް ވާރޭ ވެހުނު ވަގުތު ގިނަ ބަޔަކު ފެންނަގާފައިވާއިރު ފުރާޅުން ނަގާ ފެން ތަޣައްޔަރުވެފައި ހުރުން އެކަށީގެންވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި. ނަމަވެސް ނުތާހިރު ކަމެއް ފެންނަން ނެތް ފެނުން ފެންވެރުން އެންމެ ރަނގަޅު ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީ އަށް ދިމާވި ހިތާމަވެރި ހާދިސާ ފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް މިފަދަ ހާލަތުގައި ހުރިހާ ރައްޔިތުން ވެސް އަމަލުކުރެއްވުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެދިވަޑައިގެންފި އެވެ.
މާލޭގައި ފެނުގެ ހިދުމަތް ކެނޑިފައިވާ މިވަގުތުގައި މާލޭގެ ފިހާރަތަކުން އަގުބޮޑުކޮށް ފެން ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ފެން އަގުބޮޑުކޮށް ވިއްކާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެ ކަމުގައި އެކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެއަށް ގަޑިއެއްހާ އިރަށް ވޯޓަސަޕްލައި ފެން ދޫކުރުމަށްފަހު ފެނުގެ ހިދުމަތް މެދުކަނޑާލައިފި އެވެ. ދެން އަލުން ވޯޓަސަޕްލައި ފެން ދޫކުރާނީ މާދަމާ ހެނދުނު 8:00 ޖަހާއިރު ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
މާލެ އިން ފެނުގެ ހިދުމަތް ކެނޑުމާއި ގުޅިގެން ރައްޔިތުން ކެތްތެރިވުމަށާއި ގައުމީ ކަންކަމުގައި އެއް ވިސްނުމެއް ގެންގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެދިވަޑައިގަންނަވައިފި އެވެ.
މާލެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ސިފައިންނާ ފުލުހުން ގުޅިގެން މާލޭއަށް ހިލޭ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ. އެ މަސައްކަތުގައި އެސްޓީއޯގެ ވެހިކަލްތައް ދަނީ ބޭނުން ކުރަމުންނެވެ.
މުޅި މާލެއިން ފެނުގެ ހިދުމަތް ކެނޑިފައިވާއިރު މިހާރު މާލެއަށް ދަނީ ބޯކޮށް ވާރޭވެހެމުން
އެމްޑަބްލިއުއެސްސީ އިން އެއްގަޑިއިރަށް ފެން ދޫކުރަން ނިންމުމާއި ގުޅިގެން ބައެއް އާންމުން ހުސް ފުޅިއާއި ބާލިދީ އެއްކުރަން ފަށައިފި
މާލޭގައި ދިރިއުޅޭ ރައްޔިތުން ފެނަށް ޖެހި ފަސް ލީޓަރުގެ ފެންފުޅިއެއްގެ އަގު 50 ރުފިޔާއަށް އަރާފައިވާ ކަަމަށް ބައެެއް އާންމުން ބުނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ