އައްޑޫގައި މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ދެންމެ ވިދާޅުވީ ފްލެޓްތައް ކައިރީގައި ހިނގި މާރާމާރީ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައި މިވަނީ މާރާމާރީ ހިނގިތާ ހަތަރު ދުވަސް ފަހުންނެވެ.ހުކުރު ދުވަހު ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވީ 29 އަހަރުގެ ޒުވާނެކެވެ. އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ.އާންމުވެފައިވާ ފޮޓޯތަކުން އެހެން މީހަކަށްވެސް އަނިޔާވެ ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ އެއީ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ