ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޝަނުން އާސް ޢަބްދުﷲ އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ މައްސަލަތައް ބެއްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އެކުލަވާލައްވާފައިވަނީ ކޮރަޕްޝަން އެންޑް އެސެޓު ރިކަވަރީ ކޮމިޝަނުގެ މެމްބަރެއް ކަމަށްވާ އާސް ޢަބްދުﷲ އެކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވދާޅެއް ނުވެއެވެ. އާސް ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައ އޭނާއަށް އިތުބާރު ކުރައްވައި އެ ކޮމޝަނުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ދެއްވީތީ އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އިސްތިއުފާގެ ސިޓީ ރައީސަށް މިހާރުވާނީ ފޮނުވާފައި ކަމަށެވެ. އޭނާ ވަނީ ރައީސަށް ފާހަގަ މުސްތަގުބަކަށް ވެސް އެދވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި ކޮމިޝަނަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު އުފެއްދެވި ކޮމިޝަނެކެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ބަލައި ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަނެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ އެ މައްސަލަތައް ތަހުގީގު ކުރައްވައި އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
މަނީލޯންޑަރ ކުރުމުގެ މައްސަލަ ރރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ