ސަބްސިޑީ ދޭން ހޭދަކުރި ފައިސާ 900 މިލިއަން ރުފިޔާއިން މައްޗަށް

ދައުލަތުން ސަބްސިޑައިޒް ކޮށްފައިވާ ކަންކަމަށް ބަޖެޓުން ހޭދަކުރި ފައިސާ 900 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން ސަބްސިޑީ ދޭން މި އަހަރުގެ މިހާތަނަށް 912.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ބަޖެޓުގައި ސަބްސިޑ ދޭން ހިމަނާފައިވަނީ 1,262.7 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ އޮނިގަނޑު އޮތް ގޮތުން ސަބްސިޑީ އަށް ދަނީ ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. ސަބްސިޑީ ދޭ ދާއިރާތަކުގެ ތެރޭގައި ތެލުގެ ސަބްސިޑީ އާއި ކާޑުގެ ސަބްސިޑީ ހިމެނެ އެވެ. މީގެ ތެރެއިން ބޮޑު އަދަދެއް ސަރުކާރުގެ ކުންފުނި ތަކަށް ދޫކުރެ އެވެ. ސަރުކާރުގެ ކުންފުނި ތަކަށް ދޫކުރާ ފައިސާގެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް މަސްވެރިންނަށް ފައިސާ ދޭން މިފްކޯއާ ހަވާލު ކުރެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެކުލަވާލި ބައެއް އާ ސިޔާސަތުތަކުގެ ސަބަބުން ވެސް ސަބްސިޑީ ވަނީ މަތިވެގެން ގޮސްފަ އެވެ. މީގެ ތެރޭގައި މަތީ ތައުލީމުގެ ފުރުސަތު ހިލޭ ކުރަން ދޭ ސަބްސިޑީ އާއި ސްކޫލް ކުދިނަށް ހެނދުނު ނާސްތާ ދޭން ބަޖެޓުން ހޭދަ ކުރާ ފައިސާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ