އުތުރުން މަސްބާނައިގެން ކޫއްޑޫ އިން މަސްކިރުވާ މަސްވެރިންނަށް އިނާޔަތެއް ދެނީ

ރާއްޖޭގެ އުތުރުން މަސްބާނައިގެން ގއ. ކުއްޑޫއަށް މަސްކިރުވަންދާ މަސްވެރިންނަށް އިނާޔަތެއް ދޭން މިފްކޯ އިން ނިންމައިފިއެވެ.
މިފްކޯ އިން މަސްވެރިންނަށް އިނާޔަތެއް ދޭން ނިންމީ އުތުރުން ބާނާ މަސް ފެލިވަރުން ކިރުވުމަށްފަހު ކޫއްޑޫއާ ހިސާބަށް ފޮނުވުމަށްޓަކައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާތީ، އެކަން ހައްލު ކުރުމުގެ ގޮތުންނެވެ.
މިފްކޯ އިން ބުނީ މަސް ބާނައި ބަރުކޮށްގެން އަންނަ އުޅަނދު ފަހަރަށް އިނާޔާތެއް ދީގެން ސީދާ ކުއްޑޫއަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށާއި މަސް ސްޓޯރުކުރާ ބޮޑެތި ކަލެކްޓަރުތައް ކޫއްޑޫއާއި ފެލިވަރާ ދެމެދު ދަތުރުކުރުމަށް ކޮޅަކަށް 48 ގަޑިއިރު ނަގާ ކަމަށެވެ. އޭގެ ސަބަބުން ދަތުރުކުރުމަށް ދެ ދުވަސް ހޭދަވާ ކަމަށާއި އެ ސަބަބާ ގުޅިގެން ފެލިވަރުގެ މަސް ކިރުވުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ނަމަވެސް، މަސް ކިރުވުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންވުމުން މަސްވެރިން ބާނާ ގިނަ މަސްތަކެއް އިސްރާފުވެގެންދާ ކަމުގެ ޝަކުވާ ވެސް ކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ