އިތުރު 54 މީހުން ބަލިން ފަސޭހަވެއްޖެ، 25 މީހުން އަލަށް ޕޮޒިޓިވް

ކޮވިޑް-19 ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 54 މީހުން ބަލިން ފަސޭހަވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 54 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.
މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،030 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 25 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، 19 ދިވެހިންނާއި، ބަނގްލަދޭޝް 4 މީހުންނާއި، އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.
އަލަށް ޕޮޒިޓިވްވި 25 މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،435 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 390 މީހުން ކަމަށެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 13 މީހަކަށެވެ.
އައިސޮލޭޝަންގައި މިވަގުތު 269 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 112 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ