ޝާހިދު ކުރިން ވިދާޅުވީ އިންޑިއާގެ ޑޯނިއާ ފްލައިޓު ރައީސް ޔާމީން ޤަބޫލު ނުކުރެއްވިކަމަށް!

ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ބާއްވަން އިންޑިއާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓެއް އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ގެނެސްފައިވާއިރު ދިވެހި ސަރުކާރާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ދަނީ ވަރަށް ބޮޑަށް އެއީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ އެދި ލެއްވުމަކަށް ރާއްޖެއަށް ގެނައި މަތިންދާބޯޓެއް ކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.މިގޮތުން އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓުވީޓުގައިވެސް ވަނީ 2016 ވަނަ އަހަރު ސަރުކާރުން އެދުނު އެދުމަކަށް މިހާރު ޑޯނިއާ ފްލައިޓެއް ރާއްޖެއަށް ދީފައިވާކަމަށެވެ. މީގެ އިތުރުން މި ފްލައިޓާ ގުޅޭގޮތުން އިންޑިއާ އެމްބަސީ އިން ވަނީ ކަރުދާހެއް ތައްޔާރުކޮށް އެމްޑީޕީ އާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ދީފައެވެ. އެ ކަރުދާހުގައި ވާގޮތުންވެސް އެ މަތިންދާބޯޓު ގެންނަން އެދިލެއްވީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ފޮރެން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވަނީ އިންޑިއާ އިން ޑޯނިއާ ފްލައިޓެއް ހަދިޔާ ކުރުމުން އެ ފްލައިޓު ޤަބޫލުނުކުރައްވާފައެވެ. އަދި މި ސަރުކާރުން އެހެން ނަހަދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.އޭގެ 2 އަހަރު ފަހުން ފްލައިޓާއި މެދު ދިވެހިރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ، އެ ގެންނަން ދެކޮޅު ހެދުމުން ސަރުކާރުން އަނެއްކާވެސް މަސައްކަތް ކުރަމުންދަނީ އެއީ ކުރީ ސަރުކާރުގައި ގެންނަން އެދުނު ފްލައިޓެއް ކަމަށް ހެދުމަށެވެ. އިއްޔެގެ ވަގުތެއްގައި ރާއްޖެއައި ޑޯނިއާ ފްލައިޓާއި އެކު 32 އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން ވަނީ ޑޯނިއާ ފްލައިޓް ގެނައުމަށް ހެދި އެއްބަސްވުންވެސް ހާމަކުރަން ދެކޮޅު ހަދާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ