ރައްޔިތުން އުންމީދުކުރާ ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީ އިން ބުނީ މަސައްކަތް ފެށުމައްޓަކާ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށާއި މަޝްރޫއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ 13 އޯގަސްޓް 2020 ގައި ލިބިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ އެވެ. ގުރައދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 85.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ