އެންމެ 15 އަހަރު ކޮށްފައި ފަނޑިޔާރުކަމުން ވަކިވިޔަސް ޖޭއެސްސީން ބޭނުންނަމަ އިނާޔަތްތައް ދެވޭ އެންމެ 15 އަހަރު ކޮށްފައި ފަނޑިޔާރުކަމުން ވަކިވިޔަސް ޖޭއެސްސީން ބޭނުންނަމަ އިނާޔަތްތައް ދެވޭ

ފަނޑިޔާރުންގެ ގާނޫނު ބަދަލުކޮށް، އެންމެ 15 އަހަރު ވަންދެން ފަނޑިޔާރުކަމުގެ މަގާމުގައި ހުރެފައި އަމިއްލައަށް ވަކިވާ ފަނޑިޔާރުންނަށް އިނާޔަތްތައް ދިނުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދީފި އެވެ.
ކުރިން ފަނޑިޔާރުންގެ ގާނޫނު އޮތް ގޮތުން، ޖޭއެސްސީއަށް ލިބެނީ، އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށް ފައިސާގެ އިނާޔަތެއް ދިނުމުގެ ބާރެވެ.
ނަމަވެސް މި ފަހަރު ގެނައި ބަދަލުގައި ވަނީ، ކުރު މުއްދަތެއްގައި ހިދުމަތްކުރުމަށް ފަހު ވަކިވާ ފަނޑިޔާރުންނަށް ފައިސާގެ އިނާޔަތްތަކުގެ އިތުރުން އެހެން އިނާޔަތްތައް ދިނުމުގެ ބާރު ވެސް އެ ކޮމިޝަނަށް ދީފަ އެވެ.
އޭގެ އިތުރުން ކޯޓެއް އުފާލައިފި ހާލަތެއްގައި، އެ ކޯޓެއްގައި މަސައްކަތް ކުރަން ތިބި ފަނޑިޔާރުންނަށް ވެސް ހަމަ މި ގޮތަށް އިނާޔަތްތައް ދިނުމުގެ ބާރު ޖޭއެސްސީއަށް ވަނީ ދީފަ އެވެ.
ގާނޫނު މި ގޮތަށް ބަދަލުކުރިއިރު، މިއީ ކޮން ކަމަކާ ގުޅިގެން ގެނައި ބަދަލެއް ކަމެއް ނޭނގެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓުން ވެސް އެކަން ސާފެއް ނުވެ އެވެ. އަދި ބިލު ހުށަހަޅައިގެން ކުރެވުނު ބަހުސްތަކުން އެ ކަން ސާފެއް ނުވި އެވެ.
ފަނޑިޔާރުންގެ ގާނޫނުން ބަދަލު އައި އެހެން ކަންކަމުގެ ތެރޭގައި، ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް މަގާމުން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތެއް ނުލިބޭ ގޮތަށް ހެދުމާއި، ފަނޑިޔާރު ކަމުން ވަކިވުމަށް ފަހު ހަ މަސް ދުވަސް ވަންދެން ވަންދެން އޭނާ މަސައްކަތް ކުރި ކޯޓަކަށް ވަކީލެއްގެ ގޮތުގައި ނުދެވޭ ގޮތް ހެދުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ