ރަސްމީ ފާލަން ނިންމައި އަސްލު ސިފަ ދައްކާލައިފި

މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމުގެ މަސައްކަތް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުންނެވެ.
ވީ ކިހިނެއް؟ - ރަސްމީ ފާލަމުގެ އާ ޑިޒައިން ބިނާކުރީ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި އޭރުގެ ރަސްމީ ފާލަން ހުރި ސިފައަށެވެ. 
ތަފްސީލް - މީގެ 10 އަހަރު ކުރިން 2015ގައި ރިޔަލެއްގެ ބައްޓަމަށް އެމްޓީސީސީން ހެދި ފާލަން މިދިއަ އަހަރު ރޫޅާލީ އެތަން ބާވެ، މަރާމާތުކޮށްގެން ވެސް ބެލެހެއްޓޭ ވަރު ނުވެގެންނެވެ. އެހެންކަމުން ކުރިން ފާލަން ހުރި ޑިޒައިންގެ ބަދަލުގައި މިފަހަރު ފާލަން ހެދީ ރާއްޖޭގެ ތާރީހާ ގުޅުވާލައިގެންނެވެ.
އާ ފާލަން ހަދަން އެމްޓީސީސީއާ ހަވާލުކުރީ ގާތްގަނޑަކަށް 12 މިލިއަން ރުފިޔާއަށް މިދިއަ އަހަރުގެ މޭ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ