ރާއްޖޭގައި ޑިޖިޓަލް ފައިސާ ތައާރަފު ކުރަނީ

ރާއްޖޭގައި ޑިޖިޓަލް ފައިސާ ތައާރަފުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ބުނެފި އެވެ.
އެ މަޝްވަރާތައް މިހާރު ކުރިއަށްދާކަން މަރުކަޒީ ބޭންކުން ބުބީ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން އިއްޔެ ފެށި މި އަހަރުގެ ފިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމްގަ އެވެ. އިއްޔެ އެ ހެނދުނު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ފޯރަމުގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަދައްކަވަމުން އެމްއޭއޭގެ ޑެޕިއުޓީ ގަރަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެތެރޭގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ހަލުވިމިން ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނަ ވިދާޅުވީ އެ މަޝްރޫއުގެ އެންމެ ފުޅާ ކޮންސެޕްޓަކީ އޯޕެން ފައިނޭންސިން ކަމަށާއި އެކަމާ ގުޅޭ ގޮތުން ބޭންކުތަކާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ބޭންކިން މޮޑިއުލަށް ބުރުލެއް ނާރާ ގޮތަށް އެ މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މަޝްވަރާތަކުގެ ތެރޭގައި ޓޯކަނައިޒްކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓަކީ ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާ ކަމަށެވެ.
"މި މަޝްވަރާގެ ތެރެއިން އެންސީއައިޓީއާ އެކު ދެކެވުނު ވާހަކަތަކުގައި ވެސް ވަރަށް ބޮޑަށް ވާހަކަދެކެވިފައިވޭ ޑިޖިޓަލް ރުފިޔާ ތައާރަފުކުރަން،" އޭނަ ވިދާޅުވި އެވެ. "އެކަން ކުރެވޭނެ ގޮތަކާއި، އިޖާދީ އުފެއްދުންތަކުގައި އެ ޑިޖިޓަލް ރުފިޔާގެ ބޭނުންތެރިކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުން އެބަދޭ."
އިމާދު ވިދާޅުވީ ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް" ބިނާކުރަން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ނިޒާމު ގާއިމްކުރެވިގެން ދިއުމާ އެކު ޑިޖިޓަލް ރުފިޔާ އިޖާދުކުރުމުގެ މަސައްކަތް ފަސޭހަވާނެ ކަމަށެވެ.
ދުނިޔޭގައި މިހާރު އަންނަނީ ޑިޖިޓަލް ފައިސާގެ މަގުބޫލުކަން ބޮޑުވަމުންނެވެ. އެގޮތުން ކްރިޕްޓޯކަރަންސީ ތައާރަފުކުރާ ގައުމުތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ