ޖެނުއަރީ މަހުން ފެށިގެން ސްރީ ލަންކާއަށް ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަދިރި އާލާވާ ތަންތަން ގިނަވެ، އެ ގައުމުގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެން ފަށައިފިއެވެ.
ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 36,168 އަށްވުރެ ގިނަ ޑެންގީ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލި މީހުން ފެނިފައިވަނީ ހުޅަނގު ސަރަހައްދުންނެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން މަދިރި އާލާވާ ތަންތަން ހޯދައި ނައްތާލުމަށާއި މަދިރި ގިނަ ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ލަންކާއަށް ކުރިމަތިވާ މޫސުމީ ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް މަދިރި އާލާވާނެ ފަހި މާހައުލެއް އުފެދެއެވެ. ޚާއްސަކޮށް އެ ގައުމަށް ކުރާ ދެ މޫސުމީ ވިއްސާރަ ކަމަށްވާ "ސައުތު-ވެސްޓް މޮންސޫން" އާއި "ނޯތު-އީސްޓް މޮންސޫން" އާ ދިމާކޮށް ކޭސްތައް ރެކޯޑް އަދަދަކަށް ގިނަވެއެވެ. ފެންބޮޑުވުމާއި، މަގުމަތީގައާއި ގޯތިގެދޮރުގައި ފެން ހަރުލާފައި ހުންނަ ތަންތަން ގިނަވުމަކީ އޭޑީސް މަދިރި ހަލުވިކަމާއެކު އާލާވެ، ބަލި ފެތުރުން މުޖުތަމައުގެ ތެރޭގައި އަވަސްވެގެންދާ މައިގަނޑު ސަބަބެވެ.
ލަންކާގައި ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެނީ، 20 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ