މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާންގެ ސްކޫލަކަށް ދިން ވައިގެ ހަމަލާގައި ޝަހީދުވި ކުޑަކުދިންގެ ހަނދާން އާކުރަމުން، ވޯލްޑް ކަޕްގައި ކުޅެން އިރާން ގައުމީ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ އެވެ.
އިރާން ޓީމު މެކްސިކޯއަށް ދިޔަ އިރު، ޓީމުގެ ކޮންމެ މެމްބަރެއްގެ ކޯޓުގައި ވެސް ވަނީ 168 ނަމްބަރު ރަމްޒު ކޮށްދޭ ޕިނެއް ޖަހައިފަ އެވެ. މިއީ ފެބްރުއަރީ 28 ގެ ހަމަލާގައި ޝަހީދުވި ކުޑަކުދިންގެ އަދަދެވެ.
މީގެ ދެ މަސް ކުރިން ވޯލްޑް ކަޕަށް ތައްޔާރުވާން ތުރުކީގެ އަންތަލްޔާގައި އިރާނުން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެ ޓީމުން ވަނީ އެ ހަމަލާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާން އާކޮށްފަ އެވެ. އެ މެޗަށް އިރާން ޓީމު ދަނޑަށް ނުކުތީ ފިޔާތޮށި އަދި ދަނބު ކުލައިގެ ކުޑަކުދިންގެ ސްކޫލް ދަބަސްތަކެއް ހިފައިގެންނެވެ.
The most trusted news source in the Maldives
އިރާނާއި އެމެރިކާ އިން ވެސް މި ހަމަލާގެ ޒިންމާ ނަގާފައި ނުވާއިރު، ޔޫއެސް މިލިޓަރީން އަންނަނީ އަދިވެސް އެ ހަމަލާ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފަ އެވެ.
އިރާނުން މެކްސިކޯއަށް ދަތުރު ކުރީ ޕްރައިވެޓް ޖެޓެއްގަ އެވެ. އަދި އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި އެ ޓީމު ވޯލްޑް ކަޕަށް މެކްސިކޯގައި ކޭމްޕް ކުރާގޮތަށް ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނިންމައިފަ އެވެ.
ވޯލްޑް ކަޕްގައި އިރާން ކުޅޭ ގުރޫޕް ޖީގެ ތިން މެޗުގައި، ނިއުޒިލެންޑާއި ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގަ އެވެ.
ނަމަވެސް އެ ޓީމަށް ވަނީ އެމެރިކާ ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެފަ އެވެ. މީގެ އިތުރުން އިރާންގެ ސަލާމަތީ ބާރުތަކާ ގުޅުން ހުރި އެ ގައުމުގެ ޑެލިގޭޝަންގެ ބައެއް މެމްބަރުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.
ހަމަ އެއާ އެކު އެމެރިކާއިން އިރާނަށް ވިސާ ދީފައި ވަނީ މެޗު ކުޅޭ ދުވަހު އެމެރިކާއަށް ގޮސް، މެޗު ނިމުމާ އެކު އެ ގައުމުން ފައިބާ ގޮތަށް ކަމަށް ވެސް ބައެއް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
އިރާނާއި އެމެރިކާ ވެސް ވޯލްޑް ކަޕްގައި ވާދަކުރާ ގުރޫޕްގެ ދެ ވަނައިގައި ނިންމާލައިފި ނަމަ، ދެ ޓީމު މުބާރާތުގެ ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރަން ޖެހޭނެ އެވެ.
އެމެރިކާއަށް ވަރުގަދަ މެސެޖަކާ އެކު ވޯލްޑް ކަޕް ކުޅެން އިރާން ޓީމު މެކްސިކޯ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ