ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ދ. ޒޯންގެ ޗެމްޕިއަންކަން، ދި، އެސްޓީ، ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ހޯދައިފި އެވެ. ވޮއްމުލިން ތަށި އުފުލާލީ އެންމެ ފަހުގެ ޗެމްޕިއަން، އަަންގްސާނާ ވެލާވަރުގެ މައްޗަށް ފައިނަލް މެޗުގައި 3-2 އިން ކުރިހޯދައިގެންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެލާވަރުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވޮއްމުލި 6-2 އިން ބަލިކޮށްފަ އެވެ. އަދި، މި ފަަހަރުގެ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވެލާވަރުން ވަނީ 4-2 އިން ވޮއްމުލި ބަލިކޮށްފަ އެވެ. އެހެން ނަމަވެސް، އިއްޔެ ވެލާވަރުގައި ކުޅުނު ފައިނަލުގައި ވޮއްމުލިން ވަނީ ކުރިން ދެ ފަަހަރުގެ ކުރިމަތިލުމުގެ ނަތީޖާ އަނބުރާލައިފަ އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ވެލާވަރުން ވަނީ އަހުމަދު ޝައިހާންގެ ލަނޑުން ލީޑުނަގައިފަ އެވެ. އެކަމަކު، މާ ލަސްތަކެއްނުވެ، ވޮއްމުލީގެ އާމިލް އަލީ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެއްވަރުވެގެން ނިމުނުއިރު، ދެ ވަނަ ހާފުގައި، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާމިލް ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ ފަހުން، އިބްރާހިމް އާދަމް ވަނީ ވޮއްމުލީގެ ތިން ވަނަ ލަނޑު ޖަހައިދީ ހަަމަޖެހުމެއް ހޯދައިދީފަ އެވެ.
މެޗުގެ ފަހު ކޮޅުގައި ވެލާވަރުގެ މުހައްމަދު ޝާހު ލަނޑެއް ޖަހައި، އުންމީދެއް ހޯދައިދިން ނަމަވެސް، އިތުރު ލަނޑެއް ޖަހައި އެއްވަރުކުރަން ވަގުތެއް ނުލިބި، މެޗުން ބަލިވީ އެެވެ.
މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ވެލާވަރުގެ ޝައިހާން އާއި ޝާހު އަދި ވިޝާހު ޝަރީފްގެ އިތުރުން ވޮއްމުލީގެ އިބްރާހިމް އާދަމް އާއި އިބްރާހިމް ނަސާތު އެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިއަކީ ވޮއްމުލީގެ ކެޕްޓަން، އާމިލް އެވެ.
ވެލާވަރު ކައިރިން ބަދަލުހިފައި ދ ޒޯންގެ ތަށި ވޮއްމުލިން އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ