ކުރީގެ ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް

މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރަކަށް ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް، ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 14 އޭޕްރީލްގައި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރު، ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައި ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރީ އިއްޔެ އެވެ. 
ނަމަވެސް، އޭނާ އައްޔަންކުރީ ކޮން ފެންވަރެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ތަފްސީލް - މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާގެ ފަހުން، ރައީސްގެ އެންގެވުމަކަށް މަގާމުން އިސްތިއުފާދެއްވި 10 ވަޒީރުންނަށް އެކި މަގާމުތައް ދެއްވަމުން ގެންދަވާއިރު، މީގެ ކުރިން ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވި އަބްދުﷲ ނާޒިމް ވެސް އަލުން ވަނީ ރައީސް އޮފީހުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.
މީގެ އިތުރުން، އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފާއި އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް، ގަތަރު އަދި ޔޫއޭއީގެ ސަފީރުންނަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ