ޖިންސީ ހަމަހަމަކަމުގެ މުހިއްމުކަމާއި ގުޅޭގޮތުން ކެބިނެޓަށް މައުލޫމާތު ދީފި

ޖިންސީ ހަމަހަމަކަމުގެ މުހިއްމުކަމާއި ގުޅޭގޮތުން "މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން" ގެ ނަމުގައި ޖެންޑާ މިނިސްޓްރީން ކެބިނެޓަށް މައުލޫމާތު ހިއްސާކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ސެޝަންތަކުގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި، ގުޅުން ހުރި ގާނޫނުތަކާއި، ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ކެބިނެޓަރށް މައުލޫމާތު ދިނުމަށް ބޭއްވި އެ ސެޝަނުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބައިވެރިވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އައިމިނަތު ޝިރާނީ ނައީމުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދެވެ.
ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އަންނަނީ ތަފާތު ހޭލުންތެރި ޕްރޮގްރާމުތައް ހިންގަމުންނެވެ. އެގޮތުން ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ވެސް ޕްރޮގްރާމުތައް ހިންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ