ޕިކަޕަކުން ޖެހި ބުރިޖު ހައިވޭގެ ޑިވައިޑަރު ފުނޑުފުނޑުވެއްޖެ

ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ދިއުމަށް ހަދާފައި އޮންނަ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ހަައިވޭގެ މެދުގައި ހުންނަ ޑިވައިޑަރުގައި ޖެހުމުން ޑިވައިޑަރުގެ ބޮޑު ބައެއް ފުނޑުފުނޑުވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގީ ރޭ ފަތިހު 04:30 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިވައިޑަރުގައި ޖެހުނީ ފެންޓަސީ ބޭކަރީގެ ޕިކަޕެކެވެ. ޕިކަޕް ދުއްވަން އިނީ ބިދޭސީއެކެވެ. ޕިކަޕް ޑިވައިޑަރުގައި ޖެހުނީ ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވެއެވެ.
އެކްސިޑެންޓްގެ ސަބަބުން ޕިކަޕަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް މިއެކްސިޑެންޓްގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
މިއެކްސިޑެންޓް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.
ސިނަމާލެ ބުރިޖާއި، ހައިވޭގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް އެކްސިޑެންޓްތައް މަދުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ