އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސް ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އާދަޔާ ހިލާފް ކޮންގްރެސް މިއަދު ހެނދުނު ދަރުބާރުގޭގައި ފަށައިފި އެވެ.
ހެނދުނު އަށެއް ޖަހާއިރު ދަރުބާރުގޭގައި ފަށަން ތާވަލް ކޮށްފައި އޮތް ކޮންގްރެސް ފެށުނީ ގާނޫނީ އަދަދު ހަމަނުވެ ގިނަރުތަކެއް ވުމަށް ފަހު 40: 9 ވެސް ވީފަހުންނެވެ.
ކޮންގްރެސްގެ ގާނޫނޫނީ އަދަދަކީ ގައުމީ މަޖިލީހައި ދާއިރާތަކުގެ ހިންގާ ކޮމެޓީތަކުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ހާޒިރުވުމެވެ. މިއަދު ކޮންގްރެސް ފެށިއިރު ހާޒިރުވެ ތިބީ 196 މެންބަރުންނެވެ.
އެމްޑީޕީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހަމަޖެހިފައި އޮތް ތާވަލަށް ކޮންގްރެސް ނުފެށި ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ކޮންގްރެސްގެ ގާނޫނީ އަދަދު ހަމަނުވެ ވަގުތުތަކެއް ދިއުމާއި ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ކޮންގްރެސްގެ ރިޔާސަތަށް ވަޑައިގެންނެވޭނެ ގޮތެއް ވޭތޯ ބަލައި އޭނާ އަށް އިންތިޒާރު ކުރުން ކަމަށެވެ.
ގާނޫނީ އަދަދު ހަމަކޮށް "އާދަޔާހިލާފު" ކޮންގްރެސް މިއަދު ފެށީ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ޝަފީގު ރިޔާސަތުގައި އިންނަވައިގެނެވެ. ކޮންގްރެސް ފައްޓަވައި ދެއްވުމަށް ފަހު ފުރަތަމަ ދަންފަޅީގައި މިއަދު އޮތީ އެޖެންޑާ ފާސް ކުރުމަށް މެންބަރުންނަށް ހުޅުވައިލުމެވެ. އެ ފުރުސަތު ހުޅުވައިލުމާ އެކު ބައެއް މެންބަރުން އަސާސީ ގަވައިދުގެ 6.3.1 އާ ހަވާލާދީ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޗެއާޕާސަން ކަމަށްވާތީ އެކަމަށް ފުރަތަމަ ގޮތެއް ނިންމަވާފައި ނޫނީ އެހެން ކަމަށް ނުދިއުމަށް އެދުނެވެ. އަދި އެކަމަށް ވަރަށް ގިނަ މެންބަރުންގެ ތާއީދު ލިބުމާ އެކު ރިޔާސަތުން މަސައްކަތްކުރެއްވެވީ އެކަން ކުރިޔަށް ގެންދާނެ ގޮތެއް ނިންމެވުމަށެވެ. އެ ފުރުސަތު ދެއްވުމުން ބައެއް މެންބަރުން އެދިވަޑައިގަތީ ފަސް މެންބަރުންގެ ކޮމެޓީއެއް ނަންގަވައިގެން އެ ކޮމެޓީން ޗެއާޕާޝަން ކޮންގްރެސްގައި ބައިވެރިވޭނެ ގޮތް ހައްދަވައި ދެއްވުމަށް ސަރުކާރުގައި ދެންނެވުމަށެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ ޕާޓީގެ ނައިބު ރައީސް ވެސް ރިޔާސަތުގައި އިންނެވުމާ އެކު ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ކޮމެޓީއެއް ނަންގަވައި ސަރުކާރާ ވަހާކަދައްކަވައިގެން ޗެއާޕާސަން ކޮންގްރެސް އަށް ވީއްލައިދެއްވާތޯ މަސައްކަތްކުރެއްވުމަށެވެ. އެހުށަހެޅުމަށް ތާއީދު ލިބި ފާސްވުމުން ކޮންގްރެސްގެ އެޖެންޑާ ވެސް ފާސް ވެގެން ދިޔަ އެވެ.
ފުރަމަ ދަންފަޅީގައި ދެން ގެންދިޔައީ ޕާޓީ އަސާސީ ގަވައިދާއި ސިޔާސާތު ފާސް ކުރުމުގައި އަމަލު ކުރާނެ އުސޫލު ފާސް ކުރުމެވެ. އެބައި ކުރިޔަށްދާނެ ގޮތުގެ ކޮމެޓީ ވަގުތުކޮޅަކަށް އެ އޫސޫލުތައް ފާސްކޮށްފައި ހެނދުނުގެ ދަންފަޅި ހެނދުނުގެ ސަޔަށް މެދުކަނޑައިލެއްވީ އެވެ.
ކޮންގްރެސް އަށް ހާޒިރުވި މެންބަރުން ސައިގެ ވަގުތަށް ބޭރަށް ނުކުތުމާ އެކު ފެނުނީ ޕާޓީގެ ޗެއާޕާސަން ދަރުބާރުގެއަށް ަޑައިގަތްތަނެވެ.
ޗެއާޕާސަން، މުހައްމަދު ނަޝީދު ވަޑައިގެން، ސައިގެ ވަގުތުގައި މެންބަރުނާ ބަދަލުކޮށްލެވުމަށް ފަހު ކޮންގްރެސްގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން ހެނދުނުގެ ދަންފަޅީގެ ބާކީ ވަގުތުތައް މެންދުރަށް މެދުކަނޑައިލައްވަންދެން ކުރިޔަށް ގެންދެވީ ނަޝީދެވެ.
އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވާ އެ ޕާޓީގެ ހިޔަނި ކެބިނެޓްގެ ލޭބާ މިނިސްޓަރު ރީކޯ މޫސާމަނިކު އޭނާގެ ނަން އަނބުރާ މިއަދު މެންދުރު ފަހު ވަނީ ގެންދަވައިފަ އެވެ. "އާދަޔާ ހިލާފު ކޮންގްރެސް"ގެ މެންދުރުފަހުގެ ދަންފަޅީގައި މޫސަ އޭނާގެ ނަން އަނބުރާ ގެންދަވައިފިކަން އިއުލާންކުރައްވައި ވިދާޅުވީ އޭނާ އެ ފިޔަވަޅު އެޅުއްވީ ބައިވަރު އިސްލާހުތަކެއް މެންބަރުން ހުށަހަޅާފައިވާތީ އާއި އެ އިސްލާހުތައް ވަކިގޮތަކަށް ނިމިގެން ދިއުމުން، ވާދަވެރި އިންތިހާބަކަށް ހުޅުވިގެން ދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އަމިން އާންމު ވިދާޅުވީ، ރައީސް ހޮވުމުގެ މައްސަލަ ކުރިއަށް ގެންދާނީ މި ކޮންގްރެސް ނިމޭ ގޮތަކަށް ބައްލަވައިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ