ފެނުގެ ދުވަސް: އެންމެންނަށް ފެން!

މިއަދު ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރާ އިރު، މި އަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ވޯޓާ ފޯރ އޯލް" ނުވަތަ "އެންމެންނަށް ފެން"އެވެ. މި ޝިއާރުގެ މަގުސަދަކީ 21 ވަނަ ގަރުނުގައި ސާފު ފެން ލިބުމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެންނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލި އަޅުވާލުމެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ސާފު ބޯފެން ހަމަހަމަ އަދި ރައްކާތެރި ގޮތުގައި އެންމެންނަށް ލިއްބަައިދިނުމަށް މަސައްކަތްކުރުމެވެ. މާހިރުން ފެކޭ ގޮތުގައި ރައްކާތެރި ސާފު ބޯފެން ލިބުމުގައި ދުނިޔޭގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކުރެވި އަދި އިންސާނީ ހައްގުތަކުން މަހުރޫމުވެފައިވާ ފަރާތްތަކާ މެދުގައި ވާ ފަރަގު އިތުރުވެފައި ވުމެވެ. އެގޮތުން މިވަގުތު ދުނިޔޭގެ އެއް ބިލިއަނެއްހާ މީހުން ވަނީ ސާފު ބޯފެނުން މަހުރޫމުވެފައެވެ. އެމްޑަބްލިއުއެސްސީއާއި ފެން 1995 ވަނަ އަހަރު ވުޖޫދަށް އައި އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަކަމާއެކު ސާފު ބޯފެން ފޯރުކޮށްކޮށްދިނުމެވެ. އެ ކުންފުނިން ދނަީ ދެމެހެއްޓެނިވި ގޮތެއްގައި، އަދި މެދުކެނޑުމެއް ނެތި އެ މަސައްކަތް ފުޅާކުރަމުންނެވެ. ފެން ކުންފުނީގެ ސަޕްލައި ފެން ނުވަތަ އިސްކުރުން ދޫކުރާ ފެނަކީ ބުއިމަށް އެންމެ އެކަށީގެންވާ ފެނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގވެ މިންގަނޑުތަކަށް ބަލައި، ބޯން އެންމެ ރައްކާތެރިކޮށް ތައްޔާރުކުރާ މި ފެނަކީ އެތައް މަރުހަލާއެއްގައި ކޮލިޓީ ޔަގީންކޮށް، އަދި ޓެސްޓުތައް ކުރެވިގެން ދޫކުރާ ފެނެކެވެ. އެމްޑަބްލިއުއެސްސީގެ ފެން ޓެސްޓުކުރާ ލެބަކީވެސް އައިއެސްއޯގެ މިންގަނޑުތަކަށް ސެޓިފައިކުރެވި، އެ މިންގަނޑުގައި ދަމަހައްޓަމުންދާ ލެބެކެވެ. އެމްޑަބްލިއުއެސްސީއަކީ މިއަދު ރާއްޖޭގައި ފެނުގެ މަޝްރޫއުތައް ހިންގާ އެންމެ ބޮޑު އެއް ކޮންޓްރެކްޓަރެވެ. ރަށްރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫއުތަކުގައި އެކުންފުނީގެ ބޮޑު ހިއްސާއެއް އޮވެއެވެ. ސަރަހައްދުގެ އެންމެ ރަނގަޅު ސަޕްލައި ފެން އިސްކުރު ފެނަކީ ނުވަތަ ސަޕްލައި ފެނަކީ ބުއިމަށް އެކަށީގެންވާ ފެންކަން ކަށަވަރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިދިޔަ ހަފްތާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ، ރާއްޖޭގައި ފޯރުކޮށްދޭ ސަޕްލައި ފެނަކީ މި ސަރަހައްދުގައިވެސް އެންމެ ރަނގަޅު ސަޕްލައި ފެންކަން ހާމަކޮށްފައެވެ. އެމްޑަބްލިއުއެސްސީން ދަނީ ސަޕްލައި ފެން ނުވަތަ އިސްކުރު ފެނަކީ ބުއިމަށް ކަމުދާ ރައްކާތެރި ފެނެއްކަން ހާމަކޮށްދިނުމުގެ ގޮތުން ޚާއްސަ ކެމްޕޭނެއްވެސް ފަށާފައެވެ. "އިސްކުރުން ފެން"ގެ ނަމުގައި ފެށި މި ކެމްޕޭނުގެ މަގުސަދަކީ ފެނުގެ މުހިންމުކަން އުގަންނައިދީ، ރައްޔިތުން އަހުލުވެރިކުރުވުމެވެ. އަދި ފެން އިސްރާފް ނުކުރުމަށް ބާރު އަޅައި، އާންމު ދިރިއުޅުމުގައި ފެން އިސްރާފުކުރުން ހުއްޓުވުމަށް ހޭލުންތެރިކުރުވުމެވެ. އަދި އެމްޑަބްލިއުއެސްސީގެ ސަޕްލައި ފެނަށް ހޭލުންތެރިކުރުވުމެވެ. "އިސްކުރުން ފެން" ޝިއާރުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށްވެސް މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް އެމްޑަބްލިއުއެސްސީން ވަނީ ނިންމާފައެވެ. ގޮތުން “IAmAWaterHero “#ގެ ނަމުގައި ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާ މި ސެޝަންތަކުގައި ދަރިވަރުނަށް ފެނާއި ފެން ރައްކާތެރިކުރުމުގެ މުހިންމުކަން ކިޔައިދޭނެއެވެ. https://sun.mv/117088 އަދި ކުދިން ގޭގައާއި ދިރިއުޅުމުގައި ފެން އިސްރާފުނުކޮށް، ފެން ބޭނުން ކުރެވޭ ގޮތް ކިޔައިދީ، ކުދިންގެ އާއިލާ މީހުން އެކަމަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރާ ކުދިންނަށް ހަދައި، ފެން ރައްކާކުރުމުގެ މުހިންމު ރޯލެއް އަދާކުރާ ބަޔަކަށް ހެދުމަކީ މި ސެޝަންތަކުގެ މުހިންމު މަގުސަދެކެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީން ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން "ދަ ވޯޓާ ހީރޯޒް"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ